Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕެރަގުއޭގެ އައު ސަފީރުގެ ފަތްކޮޅު ރައީސްއަށް އަރުވައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ޕެރަގުއޭގެ އައު ސަފީރުގެ ފަތްކޮޅު ރައީސްއަށް އަރުވައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

އާނާ ފަހީމް
355 ދުވަސް ކުރިން - 23 ޖޫން 2025 17:24
ޕެރަގުއޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ޕެރަގުއޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޕެރަގުއޭގެ އައު ނޮން-ރެޒިޑެންޓް ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި.

ޕެރަގުއޭގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ފްލެމީ ރައުލް ދުއަރްތޭ ރަމޯސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި އަރުވައިފިއެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި، ހަތްކޮޅުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

Advertisement

Advertisement 1

ޕެރަގުއޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ހޫނު މަރްޙަބާއެއް ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކުގައި މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ދެ ޤައުމުގެ މެދުގައި ސަޤާފީ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށްވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެ ޤައުމަށް ފައިދާކުރަނިވި ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ހުރި އިތުރު ފުރުޞަތުތައް ހޯދުމަށް، ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ދެ ބޭފުޅުންވެސް ވަނީ ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާ ޕެރަގުއޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވިފައިވަނީ 2010 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕެރަގުއޭ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

12 ގަޑިއިރު ކުރިން - 14:50

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ޒުވާނުން ދަސްވެނިވެއްޖެ، މިއީ ގައުމީ ހިދުމަތުގެ ފެށުމެއް: ރައީސް

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ޒުވާނުން ދަސްވެނިވެއްޖެ: ރައީސް

14 ގަޑިއިރު ކުރިން - 12:10

އެމެރިކާއިން ޕެރަގުއޭ ފަސޭހަކަމާއެކު ބަލިކޮށްފި

އެމެރިކާއިން ޕެރަގުއޭ ފަސޭހަކަމާއެކު ބަލިކޮށްފި

15 ގަޑިއިރު ކުރިން - 11:14

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

4 ދުވަސް ކުރިން - 22:06