ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުމަށް މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު މިއަދު ކެނޑޭނެ: ސްޓެލްކޯ

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 23 ޖޫން 2025 14:04
ސްޓެލްކޯ ބިލްޑިންގ / ފޮޓޯ: ޚުލާސާ.
ސްޓެލްކޯ ބިލްޑިންގ / ފޮޓޯ: ޚުލާސާ.
ޚުލާސާ

މާލެ ސިޓީގެ ގުލާބީ މަގު، ކާމިނީ މަގު، މާވެޔޮ ގޯޅި، ބަޑިފަސްގަނޑު މަގު އަދި މާވެޔޮ މަގު ސަރަހައްދުން މިއަދު 14:00 އިން 16:00އަށް ކަރަންޓު ކެނޑޭނެ.

މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް އަންގައިފި އެވެ. މިކަން ކުރަނީ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފައިވެ އެވެ.

ސްޓެލްކޯގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓު މެދުވެރިކޮށް ދާދި ދެންމެއަކު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެކަށީގެންވަނީ މިއަދު މެންދުރުފަހު 14:00 އިން 16:00 އާ ދެމެދު އެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ސަރަޙައްދުތަކުގެ ތެރޭގައި މާލެ ސިޓީގެ ގުލާބީ މަގު، ކާމިނީ މަގު، މާވެޔޮ ގޯޅި، ބަޑިފަސްގަނޑު މަގު އަދި މާވެޔޮ މަގު ހިމެނެ އެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%