Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނާއި ދެކޮޅަށް ހިންގަމުންގެންދާ ކަންކަމާއި ރާއްޖެ ދެކޮޅު

އީރާނާއި ދެކޮޅަށް ހިންގަމުންގެންދާ ކަންކަމާއި ރާއްޖެ ދެކޮޅު

ހުސައިން އިސްމާއިލް
349 ދުވަސް ކުރިން - 22 ޖޫން 2025 08:33
އޯއައިސީގެ 51 ވަނަ ސެޝަންގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް.
އޯއައިސީގެ 51 ވަނަ ސެޝަންގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް.
ޚުލާސާ

އީރާނަށް ދިން ޙަމަލާއަކީ ސަރަޙައްދީ ހަމަޖެހުމަށް ދިން ޙަމަލާއެއް ކަމަށާއި ރާއްޖެއިން އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް، ޣައްޒާ އަލުން ބިނާކުރުމަށް އެހީތެރިވާނެކަން ހާމަކޮށްފި.

އީރާނާއި ދެކޮޅަށް މިހާރު ހިންގަމުންގެންދާ ކަންކަމާއި ދިވެހިރާއްޖެއިން ދެކޮޅު ހަދައި، އިޒްރޭލުން އީރާނުގެ ބިންތަކަށް ދެމުންދާ ހަމަލާތަކަކީ ސަރަހައްދީ ހަމަޖެހުމާއި ސުލްހައަށް ދެވުނު ހަމަލާތަކެއްގެ ގޮތުގައި ދިވެހިރާއްޖެއިން ސިފަކޮށްފި އެވެ. މިކަން ހާމަކުރެއްވީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 51 ވަނަ ސެޝަންގައި ރާއްޖެ ތަމްސީލު ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އެވެ.

މިނިސްޓަރު ހަލީލް ވިދާޅުވީ، ދުނިޔޭގެ އޮއިވަރަށް އަންނަމުންދާ ބަދަލުތަކާއެކު އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި، އަދި އިސްލާމީ އުންމަތުގެ ތެރޭގައި އެއްބައިވަންތަކަން ގާއިމުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް މެދުކެނޑުމެއްނެތި އިޒްރޭލުން ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް އެކަމާމެދު ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީގެ އިތުރުން، އިޒްރޭލުން އީރާނަށް ދޭންފެށި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ހަމަލާތައް ވަގުތުން ހުއްޓާލުމަށް މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

Advertisement

Advertisement 1

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގަ އެވެ. ފަލަސްތީނަކީ މިނިވަން އަދި އިސްތިގްލާލީ ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައާއި އިންސާފު ގާއިމްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން މިނިސްޓަރު ވަނީ ސައުދީ އަރަބިއްޔާ ގުޅިފައިވާ އިއްތިހާދުން އިސްނަގައިގެން އެކުލަވާލާފައިވާ "ޓޫ ސްޓޭޓް ސޮލިއުޝަން" ތަންފީޒުކުރުމަށާއި، ޣައްޒާ އަލުން އާރާސްތުކޮށް ރައްޔިތުންނަށް އަލުން އުއްމީދާއި ދިރުން ގެނުވައިދޭ "ގާޒާ ރިކޮންސްޓްރަކްޝަން ޕްލޭން" އަށް އެހީތެރިވުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ހާމަކުރައްވާފަ އެވެ.

އޯއައިސީގައި 57 މެންބަރުން ހިމެނޭއިރު، ރާއްޖެއިން އެ ޖަމްއިއްޔާ އާއި ގުޅިފައިވަނީ 1976 ވަނަ އަހަރު އެވެ. އޯއައިސީއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަހަރުގެ އޭޕްރީލް މަހު، ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރާއި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ތާހާ އާއި އެކުވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އޯ. އައި. ސީ ބައްދަލުވުން(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

76 ދުވަސް ކުރިން - 17:52

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން: ހަލީލު

"ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން"

86 ދުވަސް ކުރިން - 17:27

ވޯލްޑް ގަވަމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ފުރާ ވަޑައިގަނެފި

ވޯލްޑް ގަވަމެންޓް ސަމިޓަށް، ފޮރިންމިނިސްޓަރު ފުރާ ވަޑައިގަނެފި

123 ދުވަސް ކުރިން - 09:46

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: ހަލީލް

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ކުށްވެރިކޮށްފި

145 ދުވަސް ކުރިން - 19:32

ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

232 ދުވަސް ކުރިން - 12:55

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެ އިން ގޮވާލައިފި

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެއިން ގޮވާލައިފި

251 ދުވަސް ކުރިން - 17:17