ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކިރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަަޒުން ކަމަށެވެ.
އެ ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ 15 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ކޯހަށް މީހުން ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައިި ހިމެނެނީ ކީރިތި ގުރުއާން ފަރިިތަކޮށް ކިޔަވަން އެނގުމާއި ދިވެހި ބަހާއި އަރަބި ބަހުގެ ކިޔެވުމުގެ ފަރިތަ ކަމަށެވެ.
އެ ކޯހުގައި ބައިވެރިވުމަށް ބޭނުންވާ މީހުން ސީވީ އާއި އައިޑީ ކާޑު ކޮޕީ އާއި އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓު އަދި ވަޒީފާ އަދާކުރަމުން އަންނަ ކަމުގެ ލިޔުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.