Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލަކަށް ރާއްޖެވީ ކެތްތެރިކަމާއެކު މަސައްކަތް ކޮށްގެން: ޑރ. ވަހީދު

ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލަކަށް ރާއްޖެވީ ކެތްތެރިކަމާއެކު މަސައްކަތް ކޮށްގެން: ޑރ. ވަހީދު

އަައިޝަތު ޒީނާ
358 ދުވަސް ކުރިން - 17 ޖޫން 2025 13:47
ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޑރ. ވަޙީދު ވަނީ، ވަކީން ޚާއްޞަކޮށް 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ހިރާސް ބޮޑު ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލިކަން ފާހަގަކުރައްވާފައި.

ޤުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީގޮތުން އެކަހެރިކޮށް އޮތް ދިވެހިރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވެގެން ދިޔައީ، އުނދަގޫ ކަންކަން ތަޙައްމަލުކޮށް، ކެތްތެރިވެ، ހާލަތާއެއްގޮތަށް މަސައްކަތް ކޮށްގެން ކަމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޑރ. ވަޙީދު މިފަދައިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި، ދިވެހިރާއްޖޭގެ ވިލުންތެރިކަމާއި، ގެންނަމުންދާ އިޞްލާޙީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި ވުނަކުރެވޭނެ ކަމުގެ ދަލީލު ދައްކަވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ވުނޭރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންގެ ހާޒިރުގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން، ޑރ. ވަޙީދު ވަނީ، ވަކީން ޚާއްޞަކޮށް 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އަންނަ ލޮޅުންތަކުގެ، ހިރާސް ބޮޑު ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާއިއެކު އެ ހީކުރުންތައް ބާޠިލުކުރަންޖެހުނު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެން ވީ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހީންގެ ތަފާތުކަމާއި އަޒުމުގެ ސާބިތުކަމާއި، ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މާޒީގެ ކާމިޔާބީތައް ފާހަގަކުރައްވައި ޑރ. ވަޙީދު ވިދާޅުވީ އަދުގެ ސަމާލުކަން ޚާއްޞަ ވަނީ މުސްތަޤުބަލަށް ކަމުގައެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ކުރިއެރުމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ 2040 ގެ ތަޞައްވުރު ޙިއްޞާ ކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތަރައްޤީވެފައިވާ ޤައުމުތަކުގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދެވުމަށް ރައީސް ތަޢާރަފުކުރެއްވި އިސްތިރާޖެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ތަޞައްވުރުގެ ދަށުން، އެއް ކަމަކަށް ބަރޯސާވެފައިވާ އިޤްތިޞާދެއްގެ ބަދަލުގައި ވިލުންވެރި، ސިންދަފާތު ކުރެވިފައިވާ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ވާދަވެރި އިޤްތިޞާދަކަށް ދިވެހި އިޤްތިޞާދު ބަދަލުކުރެވޭނެކަން ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.

ޒަމާނީ ރެގިއުލޭޓަރީ އޮނިގަނޑުގެ އެހީގައި ރާއްޖޭގައި ބައިނަލްއަޤުވާމީ މާލީ މަރުކަޒެއް އުފެއްދުން ހިމެނޭ ގޮތަށް، ރާއްޖޭގެ މާލީ ދާއިރާ އަލުން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް ޑރ. ވަޙީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި އަރބަން ސެންޓަރުތައް ތަރައްޤީކޮށް، އެކްސްޕޯޓް ސިނާޢަތަށް ޚާއްޞަކޮށްގެން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށްވެސް، އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 5 އިންސައްތައިގައި ހުންނާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން އަންދާޒާ ކުރައްވާފައިވާކަން ފާހަގަކުރައްވަމުން، ޑރ. ވަޙީދު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަޤީންކަން ވުނޭރުންނަށް ދެއްވާފައެވެ. ދިގުމުއްދަތުގެ ހަމަޖެހުން ކަށަވަރުކޮށްދީ، އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ، އިންވެސްޓްމަންޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މާލީ އިސްލާހުތައް ރާއްޖެއަށް ތަޢާރަފުކުރަމުންދާކަން ޑރ. ވަޙީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަމާޒަކީ އިސްތިގުލާލު ރައްކާތެރިކޮށް، ކަރާމާތް ހިފެހެއްޓުމާއި، އަންނަން އޮތް ޖީލުތައް ބާރުވެރިކުރުވާނެ އިޤްތިޞާދެއް ބިނާކުރުން ކަމުގައިވެސް ޑރ. ވަޙީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ، އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށް ވުމާއެކު، ދިވެހިރާއްޖެއަކީ އިސްތިރާޖީ ގޮތުން ލިބިފައި އޮތް ފުރުސަތެއް ކަމުގައި ދުށުމަށްވެސް ފޯރަމްގެ ބައިވެރިންނަށް ޑރ. ވަހީދު ގޮވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގެ އަޒުމު ވަރުގަދަ މި ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ބައިނަލްއަޤްވާމީ ބައިވެރިންނަށް އިލްތިމާސްކުރައްވައި، "އިޚްތިޞާޞެއް ހޯއްދަވައިގެން، އެއީ ކުޑަ ނަމަވެސް މުހިންމު، އޭގެ އަގު ދެނެގަނެ، އަދި އެއާ އެކީގައި ތަރައްޤީވުމަށް ހިތްވަރުދޭ އިޚްތިޞާޞެއް ކަމުގައިވާނަމަ، އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނަށް މަރުޙަބާ ކިޔުމަށް ތައްޔާރަށް،" ކަމުގައި ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑރ.ވަހީދު ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވައިފި

ޑރ.ވަހީދު ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާދެއްވައިފި

127 ދުވަސް ކުރިން - 16:24

ކުރީގެ ރައިސުންނަށް އޮފީސް ހިންގުމަށް ދޭ ހަރަދު ކަނޑާލާ ނުވަ މިލިއަން ސަލާމަތްކުރަން ފާސްކޮށްފި

ކުރީގެ ރައީސުންނަށްދޭ އޮފީސް ހަރަދު ކަނޑާލަން ފާސްކޮށްފި

192 ދުވަސް ކުރިން - 13:00

ދައުވަތު ގަބޫލުފުޅު ކުރައްވައި އާ ޓާމިނަލް ހުޅުވުމުގެ ހަފްލާއަށް ވަޑައިގަތީ ނަޝީދާއި ވަހީދު

ޓާމިނަލް ހުޅުވުމުގެ ހަފްލާއަށް ވަޑައިގަތީ ކުރީގެ ދެރައީސުން

318 ދުވަސް ކުރިން - 14:22

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ. ވަޙީދު ޢައްޔަނުކުރައްވައިފި

ރައީސްގެ ސްޕެޝަލް އެންވޯއިގެ މަޤާމަށް ރައީސް ވަޙީދު

381 ދުވަސް ކުރިން - 10:37

ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުން ރައީސް ޑރ. ވަޙީދު ކުށްވެރިކުރައްވައިފި

ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުން ބަލައިނުގަނެވޭނެ

452 ދުވަސް ކުރިން - 10:03

މީހަކު މަރާލި ޕާކެއް ބަންދުކުރުމުން ޔާމީންގެ ރުޅި ޑރ.މުއިއްޒުއަށް - އަދީބު

މީހަކު މަރާލި ޕާކެއް ބަންދުކުރުމުން ޔާމީންގެ ރުޅި ޑރ.މުއިއްޒުއަށް - އަދީބު

644 ދުވަސް ކުރިން - 18:02