Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުން މިހާރު ބޭނުންކުރާ މިސައިލްތަކުގެ ސަބަބުން އިސްރާއީލް ފުނޑުފުނޑުވެދާނެ ކަމުގެ ބިރު!

އީރާނުން މިހާރު ބޭނުންކުރާ މިސައިލްތަކުގެ ސަބަބުން އިސްރާއީލް ފުނޑުފުނޑުވެދާނެ ކަމުގެ ބިރު!

ޖަވާދު
441 ދުވަސް ކުރިން - 17 ޖޫން 2025 08:37
އީރާނުން ދިން ހަމަލާތަކެއްގައި ހަލާކުވެފައިވާ އިސްރާއީލުގެ ހައިފާ ސިޓީގެ އިމާރާތްތަކެއް.
އީރާނުން ދިން ހަމަލާތަކެއްގައި ހަލާކުވެފައިވާ އިސްރާއީލުގެ ހައިފާ ސިޓީގެ އިމާރާތްތަކެއް.
ޚުލާސާ

އެމެރިކާގެ އެންމެ ޒަމާނީ ސިސްޓަމްތަކަށްވެސް އީރާނުގެ ޙަމަލާތައް ނުހުއްޓުވޭ. އެމެރިކާވެސް މިޙާލަތުގައި އީރާނަށް ޙަމަލާދޭން ޖެހިލުންވޭ. އީރާނު ކުރިމަތީ އިސްރާއީލް ރައްޔިތުންނަށް އަމާންކަމެއް ނެތްކަން އެމީހުން ޤަބޫލުކުރޭ.

އީރާނުން ފަސްވަނަ ޖީލުގެ ހައިޕާ ސޮނިކް މިސައިލް ބޭނުންކުރަން ފެށުމުން އިސްރާއީލްގެ ރައްޔިތުން ބިރުން ސިހިއްޖެއެވެ. އެތައް ޢިމާރާތެއް ބިމާއި ހަމަވެ ޢިމާރާތްތަކުގެ ދަށުގައި ތާށިވެ، ވަޅުލެވިފައި ތިބި މީހުން ސަލާމަތް ކުރުމުގައި އިސްރާއީލުގެ ރެސްކިއު ޓީމުތަކުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

އިސްރާއީލަށް ކުރިން ހީވެފައި އޮތީ ޣައްޒާ އާއި ލުބުނާން ތަޅައި ތިރިކޮށްލުމުން އެމީހުންނަކީ އެން،ެ ބާރުގަދަ މީހުން ކަމަށެވެ. ނަމަވެސް އީރާނާއި ޖެހުމުން އިސްރާއީލުގެ އަސްލު ނިކަމެތިކަން މިހާރު ފެންނަން ފަށައިފިއެވެ.

ޓެލް އަވީވް އަދި ހައިފާ އާއި އެހެނިހެން ސަރަހައްދުތަކަށް އަމާޒުވި މިސައިލްތަކުން ތިރީހަކަށް މީހުން މަރުވި ކަމަށް އެކި މަސްދަރުތަކުން ބުނެއެވެ.

Advertisement

Advertisement 1

އީރާނުގެ މިސައިލްތަކަކީ އަޑަށް ވުރެ 16 ގުނަ ބާރަށް ދަތުރުކުރާ މިސައިލްތައް ކަމަށް ވުމުން އެމެރިކާގެ އެންމެ ޒަމާނީ ޑިފެންސް ސިސްޓަމް ތަކަށް ވެސް އެ ހަމަލާތައް ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެމީހުންނަށް ހުއްޓުވެނީ އާދައިގެ މިސައިލްތަކާއި ޑްރޯން ހަމަލާތަކެވެ. އަޔަން ޑޯމް އާއި ޑޭވިޑްސް ސްލިންގް، އަދި އެރޯ ސިސްޓަމްތައް އީރާނުގެ މިސައިލްތަކުގެ ކުރިމަތީގައި މުޅިން ބަލިކަށިވެއްޖެއެވެ.

އެންމެ ފަހުން ރޭ އީރާނުން ފޮނުވައިލި މިސައިލުވެސް އިސްރާއީލުގެ ބިމުއަޑީގެ ބިންގަރާހަކަށް އެރުމުގެ ސަބަބުން ތިން މީހަކު މަރުވެ، 30 އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. މި ބިންގަރާހަކީ މިސައިލް ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް އިސްރާއީލް ރައްޔިތުން ވަނުމަށް ހަދާފައިވާ ބިންގަރާހެކެވެ. އެތަނުގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެން ތިބި މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވުމުން ޢަރަބިންގެ ކުރިމަތީގައި ވެސް މިހާރު ވަނީ އެމެރިކާގެ ދިފާޢީ ސިސްޓަމްތައް އީރާނުގެ ކުރިމަތީގައި ނާޤާބިލް އެއްޗަކަށް ވެފައެވެ. އެހެނީ އީރާނުގެ ފަސްވަނަ ޖީލުގެ އެ މިސައިލްތައް ވަނީ އިސްރާއީލު ބޭނުންކުރާ ދުނިޔޭގެ އެންމެ އެޑްވާންސް އަދި އެންމެ ސޮފިސްޓިކޭޓެޑް ވައިގެ ދިފާއީ ނިޒާމުގެ ހަ ނިޒާމު ފޫއަޅުވާލާފައެވެ. އެއީ،

1- އެމެރިކާގެ އެހީގައި އިސްރާއީލުގައި އުފައްދާފައިވާ "އާރޯ ވަން"

2- "އާރޯ ޓޫ"

3- އަޔަންޑޯމް

4- ޑޭވިޑް ސްލިންގް

5- އެމެރިކާގައި އުފައްދާ އެންމެ އެޑްވާންސް ނިޒާމް "ތާޑް"

6- އެމެރިކާގައި އުފައްދާ އެންމެ އެޑްވާންސް ނިޒާމް "ޕެޓްރިއޮޓް"

މި ސަބަބާއި ހުރެ އެމެރިކާ ވެސް އީރާނަށް ޙަމަލާ ދިނުމަކީ ނާދިރު ކަމެއް ކަމަށް މުޙައްލިލުން ބުނެއެވެ. ސަބަބަކީ އީރާނުގެ މިސައިލް ޙަމަލާއެއް އަރައި އެމެރިކާގެ މަނަވަރު ނުވަތަ ޖެޓްތައް ގޮއްވާލުމުގެ ބިރު އޮތުމުން، އެފަދަ ކަމެއް ދިމާވެއްޖެނަމަ މުޅި ދުނިޔެއަށް އެމެރިކާ ފަޟީޙަތްވާނެތީއެވެ.

އީރާނުގެ ހައިޕާސޮނިކް މިސައިލެއް އެރުމުގެ ސަބަބުން އިސްރާއީލުގެ އެންމެ ބޮޑު ނިއުކްލިޔާ ރީސާޗް މަރުކަޒުކަމަށްވާ ވައިޒްމަން އިންސްޓިޓިއުޓް ހަލާކުވެފައި.

ޒަމާނީ ހައިޕަރ ސޮނިކް މިސައިލްތައް ބޭނުންކޮށްގެން އީރާނުން ދެމުންދާ ޙަމަލާތަކުގައި އިސްރާއީލުން މިހާރު ވެސް 22 މީހުން މަރުވެ 500 އެއްހާ މީހުން ޒަޚަމް ވެއްޖެއެވެ. އިސްރާއީލުގެ މީޑިއާއަކުން ބުނި ގޮތުގައި އެއީ؛

  1. މިމަހުގެ 14 ވަނަ ދުވަހު 5 މީހުން މަރުވެ 63 މީހުން ޒަޚަމް.
  2. މިމަހުގެ 15 ވަނަ ދުވަހު 9 މީހުން މަރުވެ 200 މީހުން ޒަޚަމް
  3. އިއްޔެ 8 މީހުން މަރުވެ 100 އެއްހާ މީހުން ޒަޚަމް.

މަރުވާ މީހުންނާއި ލިބެމުންދާ ގެއްލުންތައް އިސްރާއީލުން ދަނީ ސިއްރު ކުރަމުންނެވެ. ނަމސވެސް ނޫސް ރިޕޯޓަރުންނަށް ހުރިހާ ކަމެއް އިސްރާއީލަކަށް ސިއްރެއްވެސް ނުކުރެއެވެ.

އީރާނުން ދެމުންދާ ޙަމަލާތަކުގައި އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކާއި މިލިޓްރީ ރީސާޗް މަރުކަޒުތަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެއެވެ.

އިސްރާއީލު ރައްޔިތުންނަށް މިހާރު ކަށަވަރުވާ ކަމަކީ އީރާނުގެ ކުރިމަތީގައި އެމީހުންނަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

އިސްރާއީލްމެދުއިރުމަތިއީރާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

18 ގަޑިއިރު ކުރިން - 16:37

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

1 ދުވަސް ކުރިން - 07:21

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

2 ދުވަސް ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

3 ދުވަސް ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

6 ދުވަސް ކުރިން - 13:33

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57