ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ސީސީޓީވީ ހަރުކުރަނީ

އަހްމަދު އީޒާން | 7 ގަޑިއިރު ކުރިން - 16 ޖޫން 2025 16:10
ވ. އަތޮޅުގެ ވެރިކަން ކުރާ ފެލިދޫ / ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ
ވ. އަތޮޅުގެ ވެރިކަން ކުރާ ފެލިދޫ / ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ
ޚުލާސާ

ސީސީޓީވީ ހަރުކުރަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ އިޖްތިމާއީ ރައްކާތެރިކަން އިތުރުކުރުމަށްޓަކާ.

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސީސީޓީވީ ހަރުކުރަން އެ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ވ. އަތޮޅު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ އިޖްތިމާއީ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އަތޮޅު ކައުންސިލުން ހަރަދުކޮށްގެން ހުރިހާ ރަށެއްގެ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި މި މަހުގެ 30 ކުރިން ކައުންސިލަށް ބީލަން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ވ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް އޮވެ އެވެ. އެއީ ފެލިދޫ, ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދު އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެންމެ ގިނަ ކެމެރާ ހަރުކުރާނީ އަތޮޅު ވެރިކަން ކުރާ ފެލިދޫގަ އެވެ. އެ ރަށުގައި 24 ކެމެރާ ހަރުކުރަން ވަނީ ނިންމައިފަ އެވެ.

ދެން އެންމެ ގިނައިން ކެމެރާ ހަރުކުރާނީ ކެޔޮދު އާއި ފުލިދޫގަ އެވެ. އެއިން ކޮންމެ ރަށެއްގައި 16 ކެމެރާ ހަރުކުރާނެ އެވެ. އަދި ތިނަދޫގައި 12 ކެމެރާ އާއި ރަކީދޫގައި 8 ކެމެރާ ހަރުކުރާނެ އެވެ.

ކުޑަ އާބާދީއެއް ދިރިއުޅޭ ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް މިހާރު ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ވަރަށް ފުޅާކޮށް އަންނަނީ ހިންގަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%