ޓްރެންޓް އާނޯލްޑްގެ ހަގީގީ ހުވަފެން ފެށެނީ ހުދު ކުލައިން

އައިޝަތު އީމާން | 11 ގަޑިއިރު ކުރިން - 15 ޖޫން 2025 01:46
ޓްރެންޓް އާނޯލްޑް ރިއަލް މެޑްރިޑަށް ކުޅޭ 12 ނަމްބަރު ޖަރޒީ ދައްކާލަނީ. /ފޮޓޯ: ރިއަލް މެޑްރިޑް
ޓްރެންޓް އާނޯލްޑް ރިއަލް މެޑްރިޑަށް ކުޅޭ 12 ނަމްބަރު ޖަރޒީ ދައްކާލަނީ. /ފޮޓޯ: ރިއަލް މެޑްރިޑް
ޚުލާސާ

އާނޯލްޑް ބުނީ ރިއަލް މެޑްރިޑަށް ކުޅުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި ހުވަފެން ޙަޤީޤަތަކަށް ވެއްޖެ ކަމަށް.

އިނގިރޭސި ތަރި ޓްރެންޓް އެލެގްޒެންޑަރ - އާނޯލްޑް ރިއަލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފި އެވެ. ހައަހަރުގެ އެއްބަސްވުމެއްގައި އޭނާ ރިއަލް އާއެކު ސޮއި ކޮށްފައި ވާއިރު ފީފާ ކްލަބް ވޯލްޑް ކަޕަށް އޭނާ އަވަހަށް ގެނައުމަށްޓަކައި، މެޑްރިޑުން ވަނީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން 10 މިލިއަން ޔޫރޯ ދީފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެލެގްޒެންޑަރ އާނޯލްޑް ލައިގެން ހުންނާނީ ކުރިން ކަމަވިންގާގެ އަތުގައި އޮތް 12 ނަމްބަރުގެ ޖަރޒީއެވެ.

މާސީސައިޑަށް އުފަން ޑިފެންޑަރު ލިވަޕޫލް ދޫކޮށްލީ 354 މެޗު ކުޅުމަށްފަހުގައެވެ. އޭނާއަކީ މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމަށްޓަކައި އެހީތެރިވެފައިވާ ޑިފެންޑަރެވެ. އެއީ 57 ޕްރިމިއާ ލީގުގެ ގޯލެވެ. އަދި ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހިމެނޭ ގޮތަށް ބޮޑެތި 8 ތަށި ހޯދާފައިވެއެވެ.

އާނޯލްޑް ބުނީ ރިއަލް މެޑްރިޑަށް ކުޅުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި ހުވަފެން ޙަޤީޤަތަކަށް ވީއެވެ.

ޓްރެންޓް އާނޯލްޑް މެޑްރިޑްގެ ޖާރޒީގައި ފުރަތަމަ ފަހަރަށް ނުކުންނާނީ އަލްހިލާލް އާއި ދެކޮޅަށް ކްލަބް ވޯލްޑް ކަޕްގައި އަންނަ ބުދަ ދުވަހު ކަމަށް ބެލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%