Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑުއާ ލިޕާ އާއި ކެލަމް ޓާނާ އެންގޭޖްވެއްޖެ

ޑުއާ ލިޕާ އާއި ކެލަމް ޓާނާ އެންގޭޖްވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
361 ދުވަސް ކުރިން - 15 ޖޫން 2025 12:03
ޕޮޕް ސްޓާ ޑުއާ ލިޕާ އާއި އިނގިރޭސި އެކްޓަރު ކެލަމް ޓާނާ
ޕޮޕް ސްޓާ ޑުއާ ލިޕާ އާއި އިނގިރޭސި އެކްޓަރު ކެލަމް ޓާނާ
ޚުލާސާ

ލަމް ޓާނާ ވަނީ ޑުއާގެ ގާތް ރައްޓެހިންނާއި އޭނާގެ ކޮއްކޮ ރީނާ ލިޕާއާ ގުޅިގެން އެންގޭޖްމަންޓް އަނގޮޓި ޑިޒައިންކޮށްފައި.

މަޝްހޫރު ޕޮޕް ސްޓާ ޑުއާ ލިޕާ އާއި އިނގިރޭސި އެކްޓަރު ކެލަމް ޓާނާ އެންގޭޖްވެއްޖެ ކަމަށް ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މި ޚަބަރު ހާމަކޮށްފައިވަނީ އިނގިރޭސި މަޖައްލާ ވޯގަށް ދިން އިންޓަވިއުއެއްގައެވެ.

އުމުރުން 29 އަހަރުގެ އަލްބޭނިއާއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ޑުއާ ލިޕާ ވަނީ މި އެންގޭޖްމަންޓަކީ "ވަރަށް އެކްސައިޓިންގް" ކަމެއްކަމަށް ބުނެފައެވެ. އުމުރުން 35 އަހަރުގެ ކެލަމް ޓާނާ ވަނީ ޑުއާގެ ގާތް ރައްޓެހިންނާއި އޭނާގެ ކޮއްކޮ ރީނާ ލިޕާއާ ގުޅިގެން އެންގޭޖްމަންޓް އަނގޮޓި ޑިޒައިންކޮށްފައެވެ. މި އަނގޮޓިއަކީ ޑުއާގެ ޝަޚްޞިއްޔަތާއި ސްޓައިލް ދައްކުވައިދޭ އަނގޮޓިއެއްކަން ކެލަމް ވަނީ ކަށަވަރުކޮށްދީފައެވެ.

މި ދެލޯބިވެރިންގެ ގުޅުން ފެށިގެން އައީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެންމެ ފުރަތަމަ ދެމީހުން އެކުގައި ފެނިގެން ދިޔައީ އެޕަލް ޓީވީ ޕްލަސްގެ "މާސްޓާސް އޮފް ދަ އެއާ" ގެ ޕްރިމިއާއަށް ބޭއްވުނު އަފްޓަރ ޕާޓީގައެވެ. އަދި އެ އަހަރުގެ ޖުލައި މަހު އެ ދެމީހުންގެ ގުޅުން އިންސްޓަގްރާމްގައި ރަސްމީކޮށް އިޢުލާނުކުރިއެވެ.

Advertisement

Advertisement 1

މިވަގުތު މި ދެތަރިން ވެސް ދަނީ އެމީހުންގެ ކެރިއަރއަށް އިސްކަންދެމުންނެވެ. ޑުއާ ލިޕާ މިހާރު ދަނީ އޭނާގެ "ރެޑިކަލް އޮޕްޓިމިޒަމް" ޓުއަރ ކުރިއަށް ގެންދަމުންނެވެ. އަދި ކެލަމް ޓާނާ އަންނަނީ އައު ޕްރޮޖެކްޓްތަކެއް ޝޫޓްކުރަމުންނެވެ.

މި ދެތަރިން އެންގޭޖްވި ޚަބަރާއެކު، ގިނަ ފޭނުން ވަނީ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި އެ ދެމީހުންނަށް މަރުޙަބާ ކިޔައި، އުފާވެރި ޝުޢޫރުތައް ފާޅުކޮށްފައެވެ. ނަމަވެސް، މި ދެ ލޯބިވެރިން ވަނީ މިވަގުތު ކައިވެނީގެ ޕްލޭންތައް ސިއްރުކޮށްފައެވެ.

މުނިފޫހިފިލުވުން
Ad
Ad

ގުޅޭ ޚަބަރުތައް

ހެނދުނު ހޭލުމަކީ ނުހަނު ބޭނުންތެރި ކަމެއް: ކެންޑަލް ޖެނާ

ހެނދުނު ހޭލުމަކީ ނުހަނު ބޭނުންތެރި ކަމެއް: ކެންޑަލް

18 ދުވަސް ކުރިން - 23:41

ކަންޔޭ ވެސްޓް "ވައަލެސް ފެސްޓިވަލް" އަށް އެނބުރި އަންނަނީ

ކަންޔޭ ވެސްޓް "ވައަލެސް ފެސްޓިވަލް"އަށް އެނބުރި އަންނަނީ

71 ދުވަސް ކުރިން - 23:31

ލޯބިވެރިޔާއާ ވަކިވުން: މިއީ ދުނިޔޭގެ ނިމުމެއް ނޫން

ލޯބިވެރިޔާއާ ވަކިވުން: މިއީ ދުނިޔޭގެ ނިމުމެއް ނޫން

101 ދުވަސް ކުރިން - 19:04

ޓްރަމްޕްގެ ފާޑުކިޔުންތަކާއެކުވެސް، ބޭޑް ބަނީ ސުޕާ ބޯލްގައި ތާރީހީ ކާމިޔާބީއެއް

ބޭޑް ބަނީގެ ޝޯއާއެކު ސުޕަ ބޯލް ފޯރިގަދަވެއްޖެ

121 ދުވަސް ކުރިން - 23:12

ޑޮލަރުގެ މުއާމަލާތްތަކެއްގައި މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި"ހަބޭސް" ގްރޫޕުން އަޔާޒް ވަކިކޮށްފި

"ހަބޭސް" ގްރޫޕުން އަޔާޒް ވަކިކޮށްފި

127 ދުވަސް ކުރިން - 17:55

ނެޓްފްލިކްސްގެ އާ ކޭ-ޑްރާމާ "ނޯ ޓެއިލް ޓު ޓެލް": ކިމް ހްޔޭ-ޔޫން އާއި ލޮމޮންގެ ފުރިހަމަ ފެންޓަސީ ރޮމްކޮމް

"ނޯ ޓެއިލް ޓު ޓެލް" ނެޓްފްލިކްސްއަށް

136 ދުވަސް ކުރިން - 23:33

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%