Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވައިޓް ހައުސްގެ ވީޑިއޯއަކަށް ޒާރާ ލާސަން ހޫނު ރައްދެއް ދީފި

ވައިޓް ހައުސްގެ ވީޑިއޯއަކަށް ޒާރާ ލާސަން ހޫނު ރައްދެއް ދީފި

ފާތިމަތު އަނަން މުހައްމަދު
1 ގަޑިއިރު ކުރިން - 20 ސެޕްޓެންބަރު 2026 13:11
ޒާރާ ލާސަން
ޒާރާ ލާސަން
ޚުލާސާ

މި ވީޑިއޯއިން ދައްކައިދެނީ މީހުން ހައްޔަރުކޮށް ބިޑި އަޅުވައިގެން ޑީޕޯޓުކުރާ މަންޒަރުތައް. ޒާރާގެ އިތުރުން ސެބްރީނާ ކަރޕެންޓަރ އާއި އެރިއާނާ ގްރާންޑޭ ވެސް ވަނީ، އިމްގްރޭޝަންގެ ހަރުކަށި ސިޔާސަތުތައް ސިފަކޮށްދިނުމަށް އެމީހުންގެ އުފެއްދުންތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާތީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ.

ސުވިޑަންގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒާރާ ލާސަން، އެމެރިކާގެ ވައިޓް ހައުސްގެ ރަސްމީ ޓިކްޓޮކް އެކައުންޓުގައި އޭނާގެ މަޝްހޫރު ލަވައެއް ބޭނުންކުރުމާ ގުޅިގެން ހޫނު ރައްދެއް ދީފިއެވެ.

ވައިޓް ހައުސް އިން އާންމުކޮށްފައިވާ މި ވީޑިއޯއަކީ އެމެރިކާގެ އިމްގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އޭޖެންޓުން، މީހުން ހައްޔަރުކޮށް ބިޑި އަޅުވައިގެން ޑީޕޯޓުކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެކެވެ.

މި ވީޑިއޯގައި ޒާރާ ލާސަންގެ 'މިޑްނައިޓް ސަން' ލަވައިގެ ލިރިކސްއާ ގުޅުވައިގެން "ނެވަރ އެންޑިންގ ޑީޕޯޓޭޝަންސް" މިހެން ކެޕްޝަންކޮށްފައިވާއިރު، މިކަމާ ގުޅިގެން ޒާރާ ވަނީ މިއީ އިންސާނިއްޔަތުކަމެއް ނެތް، ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ސިފަކޮށްފައެވެ. އަދި އެ ވީޑިއޯއިން ފެންނަނީ އިންސާނުންކަން ފާހަގަކޮށް، އޭނާގެ ލަވައަކީ މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ހެދި ލަވައެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement

Advertisement 1

މި ފާޑުކިޔުންތަކާ ގުޅިގެން ވައިޓް ހައުސްގެ ޕޯސްޓުން ޒާރާގެ ލަވަ ވަނީ ފަހުން ނަގާފައެވެ. ނަމަވެސް، ޑީޕޯޓޭޝަންގެ ހަރަކާތްތައް ދައްކުވައިދޭ އެ ވީޑިއޯ އަދިވެސް ޕްލެޓްފޯމުގައި ހުރިކަން ފާހަގަކޮށްލެވެއެވެ.

މިއީ ސިޔާސީ ބޭނުންތަކަށް ޒާރާ ލާސަންގެ މިއުޒިކް، ވައިޓް ހައުސް އިން ނަހަމަގޮތުގައި ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރު ކުރީކޮޅު ވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެންނަ ވީޑިއޯއެއްގައި އޭނާގެ 2015 ވަނަ އަހަރުގެ މަޝްހޫރު ލަވަ 'ލަޝް ލައިފް' ބޭނުންކުރުމާ ގުޅިގެން ޒާރާ ވަނީ އޭރު ވެސް ނުރުހުން ފާޅުކޮށްފައެވެ.

ވައިޓް ހައުސްގެ މިފަދަ އަމަލުތަކާ ގުޅިގެން ނުރުހުން ފާޅުކުރި ހަމައެކަނި ފަންނާނަކީ ޒާރާއެއް ނޫނެވެ. އޭނާގެ އިތުރުން ސެބްރީނާ ކަރޕެންޓަރ އާއި އެރިއާނާ ގްރާންޑޭ ފަދަ ބައިނަލްއަގްވާމީ މަޝްހޫރު އެތައް މިއުޒީޝަނެއް ވަނީ، އިމްގްރޭޝަންގެ ހަރުކަށި ސިޔާސަތުތައް ސިފަކޮށްދިނުމަށް އެމީހުންގެ އުފެއްދުންތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާތީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

މުނިފޫހިފިލުވުންވައިޓް ހައުސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެނދުނު ހޭލުމަކީ ނުހަނު ބޭނުންތެރި ކަމެއް: ކެންޑަލް ޖެނާ

ހެނދުނު ހޭލުމަކީ ނުހަނު ބޭނުންތެރި ކަމެއް: ކެންޑަލް

119 ދުވަސް ކުރިން - 23:41

ކަންޔޭ ވެސްޓް "ވައަލެސް ފެސްޓިވަލް" އަށް އެނބުރި އަންނަނީ

ކަންޔޭ ވެސްޓް "ވައަލެސް ފެސްޓިވަލް"އަށް އެނބުރި އަންނަނީ

172 ދުވަސް ކުރިން - 23:31

އެމެރިކާގެ ސިފައިން އީރާނުން ހައްޔަރުކުރި ކަމަށް ދެކެވޭ ވާހަކަތައް ވައިޓް ހައުސް އިން ދޮގުކޮށްފި

އެމެރިކާގެ ސިފައިން އީރާނުން ހައްޔަރުނުކުރޭ: ވައިޓް ހައުސް

196 ދުވަސް ކުރިން - 12:56

ލޯބިވެރިޔާއާ ވަކިވުން: މިއީ ދުނިޔޭގެ ނިމުމެއް ނޫން

ލޯބިވެރިޔާއާ ވަކިވުން: މިއީ ދުނިޔޭގެ ނިމުމެއް ނޫން

202 ދުވަސް ކުރިން - 19:04

ޓްރަމްޕްގެ ފާޑުކިޔުންތަކާއެކުވެސް، ބޭޑް ބަނީ ސުޕާ ބޯލްގައި ތާރީހީ ކާމިޔާބީއެއް

ބޭޑް ބަނީގެ ޝޯއާއެކު ސުޕަ ބޯލް ފޯރިގަދަވެއްޖެ

222 ދުވަސް ކުރިން - 23:12

ޑޮލަރުގެ މުއާމަލާތްތަކެއްގައި މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި"ހަބޭސް" ގްރޫޕުން އަޔާޒް ވަކިކޮށްފި

"ހަބޭސް" ގްރޫޕުން އަޔާޒް ވަކިކޮށްފި

228 ދުވަސް ކުރިން - 17:55