ޑރ. އަބްދުލްމަޖީދު އަވަހަރަކޮށްލީ ކަމަށް އިމްރާން ތުހުމަތުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 224 ދުވަސް ކުރިން - 15 ޖޫން 2025 10:57
އަލްމަރުހޫމް ޝެއިޙް ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ
އަލްމަރުހޫމް ޝެއިޙް ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ
ޚުލާސާ

އަބްދުލްމަޖީދު އަވަހާރަވިތާ 7 އަހަރުވެފައިވާއިރު، މީގެ ކުރިން މިފަދަ އެއްވެސް ތުހުމަތެއް އެއްވެސް ފަރާތަކުން ކޮށްފައެއް ނެތް. މްރާނަކީ މީގެ ކުރިންވެސް ސިޔާސީ ޕޯޑިއަމްގައި އެކިއެކި ފަރާތެއް.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އަވަހާރަވީ ނޫން ކަމަށާއި، އަވަހާރަކޮށްލީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ތުހުމަތުކޮށްފިއެވެ.

މީގެ 7 އަހަރު ކުރިން އަވަހާރަވި ޑރ. އަބްދުލްމަޖީދު އަވަހާރަކޮށްލާފައިވާ ކަމަށް ތުހުމަތުކޮށް މިއަދު އެކްސްގައި އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަބްދުލްމަޖީދުގެ ކުއްލި މަރާއި ގުޅިގެން މިހާތަނަށް ހިތުގައި އުފެދިފައިވާ ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެ ކަމަށެވެ.

"އާނއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ." އިމްރާންގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ދީނީ އިލްމުވެރިޔާ އަދި ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ (55 އަހަރު) އަވަހާރަވީ މެއި 22، 2018 ގައި ސްރީލަންކާގައި ހުންނަވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ވެއްޓިވަޑައިގަތުމުން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަބްދުލްމަޖީދު އަވަހާރަވިތާ 7 އަހަރުވެފައިވާއިރު، މީގެ ކުރިން މިފަދަ އެއްވެސް ތުހުމަތެއް އެއްވެސް ފަރާތަކުން ކޮށްފައެއް ނެތެވެ. އިމްރާނަކީ މީގެ ކުރިންވެސް ސިޔާސީ ޕޯޑިއަމްގައި އެކިއެކި ފަރާތްތަކަށް ތުހުމަތު ކުރެއްވުމުގެ މާޒީއެއް އޮތް ބޭފުޅެކެވެ.

އެގޮތުން 2015 ވަނަ އަހަރު ބޭއްވި "މޭޑޭ މުޒާހަރާ" ގައި އިމްރާން ވަނީ އޭރު މިނިވަން ނޫހުގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު ރިޟްވާން ގެއްލުވާލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ފަހުން އިމްރާން ވަނީ މި ވާހަކަތަކާ ގުޅޭގޮތުން ތަފާތު ބަޔާންތައް ދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%