Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޓިމޯ ލެސްޓޭއާއި ކުޅެން ޤައުމީ ޓީމު އޮސްޓްރޭލިއާއަށް

ޓިމޯ ލެސްޓޭއާއި ކުޅެން ޤައުމީ ޓީމު އޮސްޓްރޭލިއާއަށް

އައިޝަތު އީމާން
368 ދުވަސް ކުރިން - 7 ޖޫން 2025 13:01
ޓިމޯ ލެސްޓޭ އާއި ރާއްޖެއާއި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން.
ޓިމޯ ލެސްޓޭ އާއި ރާއްޖެއާއި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން.
ޚުލާސާ

މިމަހުގެ 10 ގައި އޮސްޓްރޭލިއާގެ ޑާވިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަކީ ޓިމޯ ލެސްޓޭގެ ހޯމް މެޗު. ރާއްޖެއަށް ޕޮއިންޓެއް ހޯދުން މުހިންމު.

އޭއެފްސީ އޭޝިއަން ކަޕް 2027 ކޮލިފައިންގ ގައި ޓިމޯ ލެސްޓޭއާ ކުރިމަތިލުމަށް ދިވެހި ޤައުމީ ޓީމު އޮސްޓްރޭލިއާއަށް ދަތުރު ފަށައިފިއެވެ. މިއީ އޮސްޓްރޭލިއާ ދަނޑުގައި ދިވެހިން ކުޅޭ ފުރަތަމަ މެޗެވެ.

މި ދަތުރުގައި، ދިވެހި ޓީމު ފުރަތަމަ ދިޔައީ ސިންގަޕޫރަށެވެ. މިމަހުގެ 5 ގައި ބިޝަން ސްޓޭޑިއަމްގައި ސިންގަޕޫރާއި ދެކޮޅަށް ފްރެންޑްލީ މެޗެއް ރާއްޖެ އިން ކުޅުނެވެ. މި މެޗުގައި ދިވެހި ޓީމު 3-1 އިން ބަލިވިއިރު މިއީ އޮސްޓްރޭލިއގައި ކުޅޭ މެޗަށް ތައްޔާރުވުމަށް ކުޅުނު މެޗެކެވެ. ސިންގަޕޫރުގެ ޓިމީމަށް ގޯލުތައް ޖެހީ އަމީރުލް އަދުލީ އާއި އިޚްސާން ފަންޑީ (2 ގޯލު) އެވެ. ދިވެހިރާއްޖޭގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރިޒުވާނެވެ. އެއީ ޕެނަލްޓީއަކުންނެވެ.

މިމަހުގެ 10 ގައި އޮސްޓްރޭލިއާގެ ޑާވިންގައި، ޓީއާރުއެލް ސްޓޭޑިއަމްގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަކީ ހަގީގަތުގައި ޓިމޯ ލެސްޓޭގެ ހޯމް މެޗެވެ. ނަމަވެސް، އެ ގައުމުގައި ފީފާ ސެޓިފައިޑް ސްޓޭޑިއަމެއް ނެތުމުގެ ސަބަބުން މި މެޗު އޮސްޓްރޭލިއާގައި ބާއްވާ ގޮތަށް ހަމަޖެހުން އެވެ.

Advertisement

Advertisement 1

ދިވެހި ޓީމުގެ ހެޑް ކޯޗު އަލީ ސުޒެއިން ވިދާޅުވީ ޓީމު މި މެޗަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. މެޗަކީ ދިވެހި ޓީމަށް ވަރަށް މުހިންމު މެޗެކެވެ. އޭޝިއަން ކަޕް 2027 ކޮލިފައިންގ ގައި ކުރިން ކުޅުނު މެޗުގައި ފިލިޕީންސް އަތުން ބަލިވެފައިވާތީ، މި މެޗުން ޕޮއިންޓެއް ހޯދުމަކީ ދިވެހި ޓީމަށް މުހިންމު ކަމެކެވެ.

ގައުމީ ފުޓްބޯޅަ ޓީމު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

8 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

8 ދުވަސް ކުރިން - 23:56

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި

81 ދުވަސް ކުރިން - 02:10

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް

131 ދުވަސް ކުރިން - 17:18

ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖެ ކަޓައިފި

ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖެ ކަޓައިފި

239 ދުވަސް ކުރިން - 17:22

ރަށުން ބޭރުގައި ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ރަށުން ބޭރުގައި ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

244 ދުވަސް ކުރިން - 21:42