Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކަރަންޓު ބިލް ބޮޑުވެފައިވަނީ ޑިސްކައުންޓް ދީފައިވާ ބިލްތަކާއި އަޅާކިޔާތީ: ސްޓެލްކޯ

ކަރަންޓު ބިލް ބޮޑުވެފައިވަނީ ޑިސްކައުންޓް ދީފައިވާ ބިލްތަކާއި އަޅާކިޔާތީ: ސްޓެލްކޯ

އާނާ ފަހީމް
369 ދުވަސް ކުރިން - 4 ޖޫން 2025 10:19
ސްޓެލްކޯ ބިލްޑިންގ: ސްޓެލްކޯ އިން ބުނީ ބިލްތަކުގައި މައްސަލައެއް ނޫޅޭނެ ކަމަށް. / ފޮޓޯ: ޚުލާސާ.
ސްޓެލްކޯ ބިލްޑިންގ: ސްޓެލްކޯ އިން ބުނީ ބިލްތަކުގައި މައްސަލައެއް ނޫޅޭނެ ކަމަށް. / ފޮޓޯ: ޚުލާސާ.
ޚުލާސާ

އައު ޓެރިފް ރޭޓުގެ ސަބަބުން ބިލްތަކަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ޑިސްކައުންޓް ނުހިމެނޭ ކުރީގެ ބިލްތަކާ އަޅާކިޔުމުންކަމަށް ސްޓެލްކޯއިން ބުނެފި.

ކަރަންޓު ބިލްތަކުގެ އަގު ބޮޑުވެފައިވާކަމަށް ފެންނަނީ ކުރިން ޑިސްކައުންޓް ދީފައިވާ ބިލްތަކާއި އަޅާކިޔާތީ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ. އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން. އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ އެވެ.

Advertisement

Advertisement 1

ގޭބިސީތަކުގެ ކަރަންޓު ބިލުގެ ޓެރިފް ރޭޓް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިކަން އިޢުލާން ކުރެއްވީ މެއި 30 ވަނަ ދުވަހުއެވެ.

އެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. މިގޮތުން ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށްތަކުގެ ގޭބިސީތަކަށް އަގު ހެޔޮ ރޭޓުގެ ކަރަންޓު ބިލްތައް އިއްޔެ ފޮނުވަން ފަށާފައިވާ ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ސްޓެލްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

16 ދުވަސް ކުރިން - 15:34

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

16 ދުވަސް ކުރިން - 12:41

ހޮނުއެޅުމުގެ ސަބަބުން ކަރަންޓު ނުލިބޭނަމަ ރިޕޯޓުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

"ކަރަންޓު މައްސަލަ އުޅޭނަމަ ރިޕޯޓުކުރައްވާ"

40 ދުވަސް ކުރިން - 08:39

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަޒްވަރު އައްޔަނުކޮށްފި

41 ދުވަސް ކުރިން - 14:59

މަގު ކޮނުމުގައި ކޭބަލަކަށް ގެއްލުން ވުމުން އޭގައި ޓޭޕް އޮޅައި ސްޓެލްކޯއަށް ސިއްރުކޮށްފައިވޭ: ސްޓެލްކޯ

"ކޭބަލަކަށް ގެއްލުންވުމުން އޭގައި ޓޭޕް އޮޅައި ސިއްރުކޮށްފައިވޭ"

44 ދުވަސް ކުރިން - 00:18

ގޯތިތައް ހިތުހުރި ގޮތަކަށް ދޫކުރުމުގެ ނަތީޖާ: މަގުކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

މަގުކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެ އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

44 ދުވަސް ކުރިން - 16:02