އީދު ބަންދުގައި އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

އާނާ ފަހީމް | 1 ދުވަސް ކުރިން - 3 ޖޫން 2025 20:32
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށާއި، ވިސާގެ ޚިދުމަތް ދޭނީ އިމަރޖެންސީ ޙާލަތްތަކުގައި ކަމަށް އިމިގްރޭޝަނުން ބުނި.

މި އަހަރުގެ ޙައްޖު ދުވަހާއި ބޮޑު އީދު ބަންދުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެއިމިގްރޭޝަނުން އާންމުކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި އަހަރުގެ ޙައްޖު ދުވަހާއި އީދު ބަންދަށް ލިބޭ އެހެން ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. ޚިދުމަތް ނުލިބޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަހުއެވެ. މި ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 14:00އަށް ޕާސްޕޯޓުގެ ޚިދުމަތަށް ނަމްބަރު ދޫކުރާނެއެވެ. ނަމަވެސް މި ޚިދުމަތް ދޭނީ ހަމައެކަނި މާލެ ޞަރަޙައްދުގައި ހިމެނޭ ޕާސްޕޯޓް އޮފީސްތަކުންނެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، ވިސާގެ ޚިދުމަތް 5 ޖޫން އިން 9 އަށް ދޭނީ ހަމައެކަނި އިމަރޖެންސީ ޙާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ކަމަށެވެ. އެހެންނަމަވެސް މިދުވަސްތަކުގައިވެސް ރާއްޖެ އަންނަ މީހުންނަށް އިމުގާ ޕޯރޓަލް މެދުވެރިކޮށް "ސްޕޮންސަރޝިޕް ޑިކްލަރޭޝަން"އަށް އެދެވޭނެއެވެ.

އެންފޯރސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތް ޙައްޖު ދުވަހާއި ޢީދު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައިވެސް ހެނދުނު 08:00 އިން ހަވީރު 16:00އަށް ލިބޭނެއެވެ. އަދި މާލޭގެ ސީޕޯޓްގެ ޑިވިޜަންގެ ޚިދުމަތްވެސް ވަކި ގަޑިތަކެއްގައި ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ އިޢުލާނުކޮށްފައެވެ.

އިމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ 9555333 ނަންބަރު ފޯނުން ޚިދުމަތް ލިބޭނެ ކަމަށާއި، އިމަރޖެންސީ ޙާލަތުގައި ވާރކް ވިސާއަށް ގުޅާނީ 9199153 އަދި ޕާރމިޓް ހޯދަން ގުޅާނީ 9199157އަށް ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%