Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ ފުޓުބޯޅަ އަޑިއެޅީ އަމިއްލަ މަސްލަޙަތު އިސްކުރުމުން: ޗަމްޕީ

ރާއްޖޭގެ ފުޓުބޯޅަ އަޑިއެޅީ އަމިއްލަ މަސްލަޙަތު އިސްކުރުމުން: ޗަމްޕީ

އުސްތާޛް މުޙައްމަދު ޢަލީ
418 ދުވަސް ކުރިން - 3 ޖޫން 2025 10:24
އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ).
އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ).
ޚުލާސާ

އެސޯސިއޭޝަންތައް ހިންގުމުގައި ދެފުށް ފެންނަ އަދި ޖަވާބުދާރީވާ ގޮތްތައް އިސްކުރަންޖެހޭ. ފުޓުބޯޅައާއި ބެޑްމިންޓަނަށް ދެރަ ލިބުނީ ހިންގުން ދޯދިޔާވެ އަމިއްލަ މަސްލަހަތު އިސްކުރުމުން.

ރާއްޖޭގެ ފުޓުބޯޅަ އާއި ބެޑްމިންޓަން އަޑިއެޅީ އަމިއްލަ މަސްލަޙަތު އިސްކޮށް، ހިންގުން ދޯދިޔާވުމުން ކަމަށާއި ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގުން ހުއްޓުމަކަށް އައިސް، ނޯމަލައިޒްކޮށް ސަސްޕެންޑް ކުރުންފަދަ ކަންކަމުގެ ހުރިހާ ދެރައެއްވެސް ލިބޭނީ ދިވެހި ކުޅިވަރަށާއި އެ ކުޅިވަރެއް ކުޅޭ ކުޅުންތެރިންނަށް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

އިއްޔެ ހ. މީރުމާގައި ބޭއްވުނު އެމްއޯސީގެ އައު ހިންގާ ކޮމިޓީ އެކުލަވާލުމުގެ އިންތިޚާބަށްފަހު، ދެވަނަ ދައުރަކަށް ރައީސްކަމާއި ހަވާލުވުމަށްފަހު އެސޯސިއޭޝަންތަކުގެ ވެރިންނާ މުޚާޠަބުކުރައްވަމުން ޗެމްޕީ ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ދެފުށް ފެންނަ އަދި ޖަވާބުދާރީވާނެ ގޮތްތައް އިސްކުރަންޖެހޭ ކަމަށެވެ. ޗަމްޕީ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެންމެ މަޤްބޫލު ކުޅިވަރުކަމަށްވާ ފުޓްބޯޅައާއި، ފަހުގެ ތާރީޚުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރުކަމަށްވާ ބެޑްމިންޓަންގެ ބެލެނިވެރި އެސޯސިއޭޝަންތަކަށް މިހާރު ދިމާވެފައިވާ ހާލަތާމެދު އެމްއޯސީ ކަންބޮޑުވެއެވެ. ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ނޯމަލައިޒްކޮށްފައިވާއިރު، ބެޑްމިންޓަން އެސޯސިއޭޝަން ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ ސަސްޕެންޑް ކޮށްފައެވެ.

"މިފަދަ ހާލަތްތަކަށް އެސޯސިއޭޝަންތައް ދަނީ ހިންގުން ހަރުދަނާކުރުމުގައި ކުރަންޖެހޭ މުހިންމު ބައެއް ކަންކަން ދޫކޮށްލެވުމުން. މިސާލަކަށް ދަންނަވާނަމަ ފައިސާގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ގެންދިއުމާއި، މާލީ ހިސާބުތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމާއި، އޮޑިޓް ކުރުންފަދަ ކަންކަމަށް އިސްކަން ނުދެވުމުން," ޗެމްޕީ ވިދާޅުވިއެވެ.

Advertisement

Advertisement 1

އެމްއޯސީގެ ރައީސް އިތުރަށް ވިދާޅުވީ، އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދު ހަރުދަނާކޮށް، ޖަވާބުދާރީވެވޭ ގޮތަށް، އަދި އެ ކުޅިވަރަކަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ބައްޓަންކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށެވެ.

"އެއްވެސް މީހެއްގެ އަމިއްލަ މަސްލަހަތު ކުޅިވަރުގައި އިސްކޮށްފިނަމަ އޭގެ އެދެވޭ ނަތީޖާއަށްވުރެ ނިކުތުން ގާތީ ނޭދެވޭ ނަތީޖާ," ޗެމްޕީ ވިދާޅުވިއެވެ.

ފުޓްބޯޅަދިވެހި ފުޓްބޯޅަމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިލިޕީންސް ގައި ދިވެހި ޒުވާން އެތުލީޓުން ތާރީޚް ބަދަލުކޮށްލަން ތައްޔާރުވަނީ!

ޒުވާން އެތުލީޓުން ތާރީޚް ބަދަލުކޮށްލަން ތައްޔާރުވަނީ!

1 ދުވަސް ކުރިން - 15:39

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

15 ދުވަސް ކުރިން - 10:42

ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

"ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒު"

61 ދުވަސް ކުރިން - 13:35

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން: ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަން

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން

174 ދުވަސް ކުރިން - 19:20

ރޮނާލްޑޯގެ 10 އަހަރުވީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

ރޮނާލްޑޯގެ 10 އަހަރުވީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

175 ދުވަސް ކުރިން - 12:52

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

176 ދުވަސް ކުރިން - 10:22