Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީ ހުޅުވައިފި

ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީ ހުޅުވައިފި

އާނާ ފަހީމް
464 ދުވަސް ކުރިން - 2 ޖޫން 2025 20:28
ރާއްޖޭގައި އޮސްޓްރޭލިޔާ އެމްބަސީ ހުޅުވުން/ ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި އޮސްޓްރޭލިޔާ އެމްބަސީ ހުޅުވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޮސްޓްރޭލިޔާގެ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ އިސްވެރިން ބައިވެރިވެ، ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެއްޖެ.

އޮސްޓްރޭލިޔާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފިއެވެ. މި އެމްބަސީ ޤާއިމުކޮށްފައިވަނީ ހޮޓެލް ޖެންގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ދަނޑުަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.

އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮތީ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައި އޮތް ތާރީޚީ ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮސްޓްރޭލިޔާގެ އެންބަސީއެއް ޤާއިމުވުމަކީ މިގުޅުން އިތުރަށް ބަދަހިވަމުންދާ ކަމުގެ ހެއްކެއް ކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.

"ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިވަމުންދޭ. މެރިޓައިމް ސެކިޔުރިޓީއާއި ތަޢުލީމާއި ޞިއްހީ ދާއިރާއިން އޮސްޓްރޭލިޔާއިން ދަނީ ރާއްޖެއަށް ގިނަ އެހީތަކެއްވަމުން." ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ރިޗާޑް މާލްސް ވިދާޅުވީ ރާއްޖޭގައި އެމްބަސީއެއް ޤާއިމުވުމަކީ އޮސްޓްރޭލިޔާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާކަމުގެ ހެއްކެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އުޅަނދެއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވިދާޅުވީ މިހާތަނަށް 700 އަށްވުރެ ގިނަ ދިވެހިން އޮސްޓްރޭލިޔާއިން ތަމްރީންވެފައިވާ ކަމަށެވެ. އޭގެތެރޭގައި މިހާރު ދައުލަތުގެ އިސް މަޤާމުތަކާއި ސިޔާސީ އިސްވެރިންގެ ގޮތުގައި ތިއްބެވި ގިނަ ބަޔަކު ހިމެނިވަޑައިގަންނަވާކަމަށް ސަފީރު ވިދާޅުވިއެވެ.

އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުއެވެ. މި ގުޅުމަށް މިހާރު މިވަނީ 50 އަށްވުރެ ގިނަ އަހަރުވެފައެވެ. ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީއެއް ހުޅުވުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވާނެކަމަށް ބެލެވެއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްވެރިންގެ ވާހަކަފުޅުތަކުން ފާހަގަކުރެވުނު ގޮތުގައި، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި އަންނަނިވި ދާއިރާތަކުން އެއްބާރުލުން އިތުރުވާނެއެވެ:

  1. ދިފާޢީ ދާއިރާ: ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އުޅަނދެއް ހަދިޔާކުރުމާއި، އޮސްޓްރޭލިޔާގެ ރޯޔަލް ނޭވީގައި ދިވެހިން ތަމްރީނުކުރުން.
  2. ތަޢުލީމީ ދާއިރާ: އިތުރު ދިވެހިންނަށް އޮސްޓްރޭލިޔާގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުން.
  3. މެރިޓައިމް ސެކިއުރިޓީ: ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް އެހީތެރިވުން.
  4. ޞިއްޙީ ދާއިރާ: ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އެހީތެރިވުން.

ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީއެއް ހުޅުވުމާއެކު، ދެ ޤައުމުގެ މެދުގައި ހިންގޭ މަޝްރޫޢުތައް އިތުރުވެ، ދިވެހިރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުވެގެންދާނެއެވެ.

އޮސްޓްރޭލިއާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ވިއެނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

10 ދުވަސް ކުރިން - 13:22

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު: ދިފާއީ ގުޅުންތައް ފުޅާކުރަން ފަށައިފި

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު

14 ދުވަސް ކުރިން - 11:02

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

96 ދުވަސް ކުރިން - 18:46

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

101 ދުވަސް ކުރިން - 05:45

ގެއްލިގެން ހޯދަމުންދާ 5 އަހަރުގެ ކުއްޖަކު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފި

ގެއްލިގެން ހޯދަމުންދާ ކުއްޖަކު ވަގަށް ނަގައިފި: ޕޮލިސް

135 ދުވަސް ކުރިން - 08:35

ތެޔޮ އަގުބޮޑުވުމާއި ގުޅިގެން އޮސްޓްރޭލިއާގެ ދެ ސްޓޭޓަކުން ޕަބްލިކް ދަތުރުފަތުރު ހިލޭ!

ތެޔޮ އަގުބޮޑުވުމާއި ގުޅިގެން އޮސްޓްރޭލިއާގައި ދަތުރުފަތުރު ހިލޭ!

163 ދުވަސް ކުރިން - 00:13

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%