Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

ހުސައިން އިސްމާއިލް
136 ދުވަސް ކުރިން - 31 މެއި 2026 05:45
ޑްރޯންއެއް ބޭނުންކޮށްގެން ކަނޑުއަޑީގެ މަންޒަރު ބަލަނީ---
ޑްރޯންއެއް ބޭނުންކޮށްގެން ކަނޑުއަޑީގެ މަންޒަރު ބަލަނީ---
ޚުލާސާ

މަޝްރޫޢަށް އިނގިރޭސިވިލާތުން އެކަނިވެސް 150 މިލިއަން ޕައުންޑް ޚަރަދުކުރަން ވަނީ ނިންމާފަ. މި ޓެކްނޮލޮޖީގެ މައިގަނޑު ބޭނުމަކީ ކަނޑުއަޑީގައި އަޅާފައިވާ މުހިންމު ކޭބަލްތަކާއި ހޮޅިތައް ރައްކާތެރިކުރުން.

އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައިވާ އަސްކަރީ އިއްތިހާދު "އޭކަސް" ގެ ދަށުން، ކަނޑުއަޑީގައި ދުއްވާ ޑްރޯން ނުވަތަ 'އަންކްރޫޑް އަންޑަރސީ ވެހިކަލް' (ޔޫ.ޔޫ.ވީ) ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފިއެވެ.

ސިންގަޕޫރުގައި ބޭއްވުނު ސަލާމަތީ ސަމިޓެއްގައި ތިން ގައުމުގެ ދިފާއީ ވަޒީރުން މިކަން އިޢުލާން ކުރެއްވީ، މި އިއްތިހާދުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެންނެވެ. އިނގިރޭސި ދިފާއީ ވަޒީރު ޖޯން ހީލީ ވިދާޅުވީ، އޭކަސްގެ ދަށުން މާ ގިނައިން ވާހަކަދެކެވި އަމަލީ މަސައްކަތް މަދުވެފައިވާ ކަމަށާއި، ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އުފައްދާ ޑްރޯންތައް އަންނަ އަހަރުގެ ނިޔަލަށް ތައްޔާރުވާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢަށް އިނގިރޭސިވިލާތުން އެކަނިވެސް 150 މިލިއަން ޕައުންޑް (201 މިލިއަން ޑޮލަރު) ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement 1

މި ޓެކްނޮލޮޖީގެ މައިގަނޑު ބޭނުމަކީ ކަނޑުއަޑީގައި އަޅާފައިވާ މުހިންމު ކޭބަލްތަކާއި ހޮޅިތައް ރައްކާތެރިކުރުމެވެ. މީގެ އިތުރުން، މި ޑްރޯންތައް ބޭނުންކޮށްގެން ކަނޑުއަޑީގެ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމާއި، ޖާސޫސީ މަޢުލޫމާތު އެއްކުރުމާއި، އަދި ހަމަލާ ދިނުމުގެ ގާބިލުކަންވެސް ތަރައްގީކުރެވޭނެއެވެ.

މި ނިންމުން އައިސްފައިވަނީ އިނގިރޭސިވިލާތުގެ އުތުރުގެ ކަނޑުތަކުގައިވާ ކޭބަލްތަކަށް ރަޝިޔާއިން ނުރައްކާކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އަދި ޓައިވާނާއި ސްވިޑަން ސަރަހައްދުގެ ކަނޑުއަޑީގެ ކޭބަލްތަކަށް ޗައިނާގެ އުޅަނދުތަކުން ގެއްލުންދޭ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

2021 ވަނަ އަހަރު އުފެއްދި އޭކަސް އިއްތިހާދަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ބާރުގަދަވަމުންދިއުމާ ދެކޮޅަށް އުފެއްދި އިއްތިހާދެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މި އިއްތިހާދުގެ ދަށުން އޮސްޓްރޭލިއާއަށް ނިއުކްލިއަރ ސަބްމެރިން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ، އޮސްޓްރޭލިއާއަށް ސަބްމެރިން ފޯރުކޮށްދިނުމުގެ މަޝްރޫޢުވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ރިޗަޑް މާލްސް ވިދާޅުވީ، 2027 ވަނަ އަހަރުގެ ނިޔަލަށް އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރީގައިވާ އަސްކަރީ މަރުކަޒު ސަބްމެރިންތަކަށް ބޭނުންކުރެވޭނެ ވަރަށް ތައްޔާރުވާނެ ކަމަށެވެ.

ޑްރޯންއިނގިރޭސީވިލާތްއޮސްޓްރޭލިއާއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"އިނގިރޭސި އެއާޕޯޓަށް ހަމަލާ ދޭން ރޭވީ އީރާން ކަމަށް ޔަގީނާއި ގާތް"

"އިނގިރޭސި އެއާޕޯޓަށް ހަމަލާ ދޭން ރޭވީ އީރާން ކަމަށް ޔަގީނާއި ގާތް"

1 ދުވަސް ކުރިން - 20:21

ޔޫއޭއީ އާއި އެމެރިކާއިން ހުރްމުޒް އިން ތެޔޮ ސްމަގްލް ކުރާ ކަމަށް

ޔޫއޭއީ އާއި އެމެރިކާއިން ހުރްމުޒް އިން ތެޔޮ ސްމަގްލް ކުރާ ކަމަށް

1 ދުވަސް ކުރިން - 12:47

ފަލަސްޠީނުގައި ޝަހީދުކޮށްލި އެމެރިކާ މުސްލިމުންގެ މައުލޫމާތު އިޒުރޭލުން ފޮރުވި ކަމަށް ތުހުމަތުކޮށްފި

ފަލަސްޠީނުގައި ޝަހީދުކޮށްލި އެމެރިކާ މުސްލިމުންގެ މައުލޫމާތު އިޒުރޭލުން ފޮރުވި ކަމަށް ތުހުމަތުކޮށްފި

4 ދުވަސް ކުރިން - 10:16

އެމެރިކާގެ 3 އެއަރކްރާފްޓް ކެރިއަރަކާއި 10،000 ސިފައިން މެދުއިރުމައްޗަށް

އެމެރިކާގެ 3 އެއަރކްރާފްޓް ކެރިއަރަކާއި 10،000 ސިފައިން މެދުއިރުމައްޗަށް

10 ދުވަސް ކުރިން - 12:39

ސައުދީ އާއެކު ވެވޭ ނިއުކްލިއަރ އެއްބަސްވުމަށް އެމެރިކާއިން ޑިސެމްބަރުގައި ވޯޓަށް އަހަނީ

ސައުދީ އާއެކު ވެވޭ ނިއުކްލިއަރ އެއްބަސްވުމަށް އެމެރިކާއިން ޑިސެމްބަރުގައި ވޯޓަށް އަހަނީ

11 ދުވަސް ކުރިން - 08:15

ޔޫރަޕުން ގިނަ އަދަދެއްގެ ޑީސަލް ރިޒާވް ވަގުތުން ދޫކުރަން ނިންމައިފި: ޓްރަމްޕް

ޔޫރަޕުން ގިނަ އަދަދެއްގެ ޑީސަލް ރިޒާވް ވަގުތުން ދޫކުރަން ނިންމައިފި: ޓްރަމްޕް

11 ދުވަސް ކުރިން - 19:44