Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމީ ހޮސްޕިޓަލުން ރޭގަނޑު އޯޕީޑީގެ ޙިދުމަތް

ގައުމީ ހޮސްޕިޓަލުން ރޭގަނޑު އޯޕީޑީގެ ޙިދުމަތް

އުސްތާޛް މުޙައްމަދު ޢަލީ
421 ދުވަސް ކުރިން - 30 މެއި 2025 17:43
އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވަނީ
އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވަނީ
ޚުލާސާ

ދަތުގެ ފަރުވާ، ޑައިޓާ ގުޅޭ ޑިޕާޓްމަންޓް، އެންޑޮކްރޮނޮލޮޖީ، ނާރުގެ ބަލިތައް އަދި ކަރުންމަތީގެ އޯޕީޑީގެ ރޭގަނޑު ޝިފްޓުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 8:00 އިން 11:00އަށް.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ވެއިޓް ލިސްޓު ކުޑަކުރުމަށްޓަކައި އިތުރު ސްޕެޝަލިޓީތަކުގެ އައުޓް-ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) ގެ ޚިދުމަތް އިތުރުކޮށްފިއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، އެންމެ ގިނަ މީހުން ދައްކަން ބޭނުންވާ ސްޕެޝަލިސްޓު އޭރިއާތަކުގެ ކިއު ކުޑަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ގޮތުން، ރޭގަނޑު އައުޓް-ޕޭޝަންޓު ކޮންސަލްޓޭޝަން ފެށުމާއި ގުޅިގެން އެންމެ ގިނަ މީހުން ފަރުވާ ހޯދާ ބަލިތަކުގެ ކިއު ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ ފަށާފައި ވެއެވެ. މި ޑިޕާޓްމަންޓްތަކުގެ ތެރޭގައި ދަތުގެ ފަރުވާ، ޑައިޓާ ގުޅޭ ޑިޕާޓްމަންޓް، އެންޑޮކްރޮނޮލޮޖީ، ނާރުގެ ބަލިތައް އަދި ކަރުންމަތީގެ އޯޕީޑީ ހިމެނެއެވެ. ރޭގަނޑު ޝިފްޓުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 8:00 އިން 11:00 އަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އެޑްމިޓުކޮށްފައިވާ މީހުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ވެސް ވަނީ ހަމަޖައްސާފައެވެ. ކުރިން އެޑްމިޓުކޮށްފައިވާ މީހުންނަށް ބޭސް ހޯދަން ޖެހެނީ އާއިލާތަކުން ނަމަވެސް، އަލަށް އަމަލުކުރަން ފަށާފައިވާ ގޮތުން އިން-ޕޭޝަންޓުންނަށް ބޭސް ނަގައިދޭނީ ހޮސްޕިޓަލުންނެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް އައިޖީއެމްއެޗްގެ ތިން ޑިޕާޓްމަންޓެއްގެ ޝިފްޓް ޑިއުޓީ އިތުރުކުރިއެވެ. އެއީ އަންހެނުންގެ ބަލިތަކާއި ނަފްސާނީ ބަލިތައް އަދި ދަތުގެ މައްސަލަތަކަށް ފަރުވާ ދޭ ޑިޕާޓްމަންޓެވެ. ނަމަވެސް، އެ ޑިޕާޓްމަންޓުތަކުގެ ޝިފްޓު އިތުރުކުރެވިފައިވަނީ ރޭގަނޑު 8:00 އާއި ހަމަޔަށެވެ.

އައިޖީއެމްއެޗްސިއްހަތު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

62 ދުވަސް ކުރިން - 10:58

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް ގާއިމްކޮށްފި

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް!

63 ދުވަސް ކުރިން - 23:08

އައިޖީއެމްއެޗް އޯޕީޑީ ސަރަހައްދުގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

އައިޖީއެމްއެޗްގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

67 ދުވަސް ކުރިން - 13:35

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

74 ދުވަސް ކުރިން - 20:27

ބާލީހަށް ކުޅުދިޔުމަކީ ސިއްހީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

ބާލީހަށް ކުޅުދިޔުމަކީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

91 ދުވަސް ކުރިން - 20:58

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު: މެޑަމް ސާޖިދާ

"ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު"

110 ދުވަސް ކުރިން - 13:18

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%