އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ނޫރައިން ހަމަޖައްސައިފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 29 މޭ 2025 18:34
އައިޝާ ނޫރައިން ޖަނާހު. / ފޮޓޯ: ޔޫ އަންލިމިޓެޑް، ނިއުޒިލެންޑް
އައިޝާ ނޫރައިން ޖަނާހު. / ފޮޓޯ: ޔޫ އަންލިމިޓެޑް، ނިއުޒިލެންޑް
ޚުލާސާ

ނޫރައިން ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއަރޕާސަންގެ މަޤާމުވެސް އަދާކުރައްވާފައި.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއަރޕާސަންގެ މަޤާމަށް ހ. ސީސައިޑް، އައިޝާ ނޫރައިން ޖަނާހު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ނޫރައިން އައްޔަންކޮށްފައިވަނީ މިއަދު ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓަައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

ނޫރައިން ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއަރޕާސަންގެ މަޤާމުވެސް އަދާކުރައްވާފައެވެ. ހަ ވަރަކަށް މަސް ދުވަހަށްފަހު އޭނާ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކުރައްވާފައެވެ.

ނިއުޒިލެންޑުން ރާއްޖެއަށް ދިރިއުޅުން ބަދަލުކުރުމުގެ ކުރިން ނޫރައިން ހުންނެވީ އެކައުންޓިން ދާއިރާގައި ދުނިޔޭގައި މަޝްހޫރު "އާނެސްޓް އެންޑް ޔަންގް"ގެ ދަށުން ހިންގާ ކުންފުންޏެއްގެ މެނޭޖަރުގެ މަޤާމުގައެވެ.

އެމްއޭސީއެލްގެ ޗެއާމަންގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އޭނާގެ ބަލި ޙާލަތު ހުރި ގޮތުން އެ މަޤާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ މަހުގެ ޖެނުއަރީ 28 ގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%