Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

460 މިލިއަނުގެ ތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓް ރ އަތޮޅަށް

460 މިލިއަނުގެ ތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓް ރ އަތޮޅަށް

ހުސައިން އިސްމާއިލް
457 ދުވަސް ކުރިން - 29 މެއި 2025 14:42
ރައީސް ޑރ. މުޢިއްޒު ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ޒަމާނީކުރެއްވުން: އަތޮޅުތަކުގެ ޞިއްޙީ ކަންކަމުގައި ވެސް ސަރުކާރުން ދަނީ ބޮޑެތި ހޭދަތައް ކުރަމުން. / ފޮޓޯ: ޞިއްޙީ ވުޒާރާ
ރައީސް ޑރ. މުޢިއްޒު ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ޒަމާނީކުރެއްވުން: އަތޮޅުތަކުގެ ޞިއްޙީ ކަންކަމުގައި ވެސް ސަރުކާރުން ދަނީ ބޮޑެތި ހޭދަތައް ކުރަމުން. / ފޮޓޯ: ޞިއްޙީ ވުޒާރާ
ޚުލާސާ

460،031,403.20 މިލިއަން ރުފިޔާއާއެކު 18 ރަށެއްގައި ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް ފަށައިފި. ރ. މީދޫ އަށް އެކަނި 108.9 މިލިއަން ރުފިޔާ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެކު ރަށްރަށުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މިވަގުތަށް 18 މަޝްރޫޢެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު އަދިވެސް ވަރަށް ބައިވަރު ޕްރޮޖެކްޓުތައް ރޭވިފައި ވެއެވެ.

މިހާރު ޙަވާލުކުރި 18 ޕްރޮޖެކްޓުގެ ތެރެއިން އެންމެ ބޮޑު މަޝްރޫޢަކީ ރ. މީދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެއްސި ހޮސްޕިޓަލް މަޝްރޫޢެވެ. މި މަޝްރޫޢުގެ އަގަކީ 108,994,457.93 ރުފިޔާ ކަމަށްވާއިރު، މި މަސައްކަތް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒީކޮށް، ރައްޔިތުން ބޭސްފަރުވާއަށް މާލެ އައުމުގެ ބަދަލުގައި އަތޮޅުތަކުން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްތަކެކެވެ. މިގޮތުން ހދ. ހަނިމާދޫ، އދ. މާމިގިލި އަދި ކ. ގާފަރު ފަދަ ރަށްރަށުގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ.

Advertisement

Advertisement 1

މި މަސައްކަތުގެތެރެއިން 9 ރަށެއް ފެނަކައާއި ޙަވާލުކުރިއިރު އެއީ ޖުމްލަ 127,701,460.78 ގެ ޕްރޮޖެކްޓް ތަކެވެ.

ފެނަކައިގެ އިތުރުން ދެން ޕްރޮޖެކްޓުތައް ޙަވާލުކުރީ ފަސްރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި، ހަތަރު ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިމާރާތްކުރަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

މީގެ އިތުރުން، ކުވެއިތު ފަންޑުން 9.8 މިލިއަން ޑޮލަރު (151 މިލިއަން ރުފިޔާ) ގެ ލޯނެއް ހޯދައި، ކުދި ރަށްރަށުގައި ހޮސްޕިޓަލްތައް އިމާރާތްކުރުމަށާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

ޔުނިސެފާއި ގުޅިގެން ސަރުކާރުން ފަށާފައިވާ ޕްރައިމަރީ ހެލްތް ކެއަރ އިންވެސްޓްމަންޓް ކޭސްގެ ދަށުން، 2030 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ އަމާޒެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރ. މީދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

12 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

19 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02