ހަފްތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓް

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 29 މޭ 2025 14:47
މޫސުން ގޯސްދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ. / ފޮޓޯ: ޚުލާސާ
މޫސުން ގޯސްދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މެޓުން މިއަދު ވަނީ ހއ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލުވެސް ނެރެފައި. އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވަނީ ނެރެފައި.

ކުރިއަށް އޮތް ހަފްތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން ބުނީ ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ބުންޏެވެ.

ދެކުނުގެ ބައެއް އަތޮޅުތަކަށް ހުކުރު އަދި ހޮނިހިރު ދުވަހު ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ބުންޏެވެ.

މެޓުން މިއަދު ވަނީ ހއ. އަތޮޅުން ވ. އަތޮޅަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. މިއަދު 14:30 އިން 18:30 އަށް އެ ސަރަޙައްދަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު 14:30 އިން 17:00 އަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ. އެ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލައި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ ކުރިން މެޓުން ވަނީ މިއަދު 11:00 އިން 17:00 އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުންވަނީ އިލްތިމާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%