ރާއްޖޭގެ 18 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ތިން ކުންފުންޏަކާއެވެ. އެއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޕަރޭޝަން އާއެވެ.

މި ތިން ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލް:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ޙަވާލުކުރީ ދެ ހޮސްޕިޓަލާއި ދެ ރަށެއްގެ ޞިއްހީ މަރުކަޒު އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށެވެ.

އެމްޓީސީސީ އާއި ޙަވާލުކުރީ ތިން ރަށެއްގެ ޞިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށާއި ދެ ރަށެއްގެ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުމަށެވެ.

ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 9 ރަށެއްގެ މަައްކަތެވެ. އެއީ 7 ރަށެއްގެ ޞިއްހީ މަރުކަޒުގެ އެކްސްޕެންޝަން މަސައްކަތާއި ދެ ރަށެއްގެ ޞިއްހީ މަރުކަޒުގެ އައު އިމާރާތް ކުރުމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ނާޒިމް އިބްރާހީމް ބައިވެރިވަޑައިގެންނެވިއެވެ.