ކޮންފެރެންސް ލީގު ހޯދައިގެން ޗެލްސީ ތާރީޚު ލިޔެފި

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 29 މޭ 2025 08:02
ފަހަތުން އަރައި 4-1 އިން ބެޓިސް ބަލިކޮށް ޗެލްސީގެ ކުޅުންތެރިން ޔުއެފާ ކޮންފަރެންސް ލީގުގެ ތައްޓައެކު.
ފަހަތުން އަރައި 4-1 އިން ބެޓިސް ބަލިކޮށް ޗެލްސީގެ ކުޅުންތެރިން ޔުއެފާ ކޮންފަރެންސް ލީގުގެ ތައްޓައެކު.
ޚުލާސާ

ކޮންފަރެންސް ލީގު ކާމިޔާބުކޮށް ޔޫރަޕްގެ ހުރިހާ މަޤާމެއް ހޯދި ފުރަތަމަ ޓީމަކަށް ޗެލްސީ ވެއްޖެ.

ޕޮލެންޑުގައި ރޭ ކުޅުނު ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ޗެލްސީން ސްޕެއިންގެ ރެއާލް ބެޓިސް 4-1 އިން ބަލިކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި ކާމިޔާބީއާއެކު ޗެލްސީ ވަނީ ޔޫރަޕްގެ ހުރިހާ ފަންތިއެއްގެ ފުޓްބޯޅަ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ގޮތުގައި ތާރީޚު ލިޔެފައެވެ.

މެޗުގެ ފުރަތަމަ ގޯލު ވަރަށް ކުރީ ކޮޅުގައި (9ވަނަ މިނެޓުގައި) ޖެހީ ބެޓިސް އިންނެވެ. ނަމަވެސް، ދެވަނަ ހާފުގައި ޗެލްސީން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. ޗެލްސީގެ ފުރަތަމަ ގޯލް 65 ވަނަ މިނެޓުގައި ޖެހީ އެންޒޯ ފެނާންޑޭޒްއެވެ. އެއަށްފަހު އޭގެ 5 މިނެޓްފަހުން ނިކޮލަސް ޖެކްސަން ގޯލް ޖެހިއިރު، ޖޭޑަން ސަންޗޯ ވަނީ ޗެލްސީގެ ލީޑު 3-1 އަށް ބަދަލުކޮށްފައެވެ. އެއީ 83 ވަނަ މިނެޓުގައެވެ. އޭގެފަހުން މޮއިސަސް ކައެސޭޑޯ ވަނީ މެޗުގެ ނުވަދިހަ މިނެޓް ހަމަވެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި އަނެއް ގޯލް ޖަހައި 4-1 ލަނޑަށް ނަތީޖާ ބަދަލުކޮށްފައެވެ.

މި ކާމިޔާބީއާއެކު ޗެލްސީން ވަނީ ޗެމްޕިއްޕިއަންސް ލީގު، ޔޫރޮޕާ ލީގު، ޔުއެފާ ސުޕަ ކަޕް، ކަޕް ވިނާސް ކަޕް އަދި މިހާރު ކޮންފަރެންސް ލީގު ހިމެނޭ ގޮތަށް ޔޫރަޕްގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. ޗެލްސީ އަށް ވަނީ އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ވެސް ލިބިފައެވެ.

ކޮންފަރެންސް ލީގަލީގަކީ ޔޫރަޕްގެ ތިންވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް ފެށުނީ ތިން އަހަރު ކުރިންނެވެ. މިއީ މި މުބާރާތުގެ ހަތަރުވަނަ ފައިނަލެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%