ރަޝިއާއިން ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ

އަހްމަދު އީޒާން | 20 ދުވަސް ކުރިން - 27 މޭ 2025 12:14
ޓޫރިސްޓުން ރިސޯޓެއްގައި ކެނޯ ދުއްވަނީ / ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޓޫރިސްޓުން ރިސޯޓެއްގައި ކެނޯ ދުއްވަނީ / ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޚުލާސާ

މި އަހަރުގެ މިހާތަނަށް ރަޝިއާއިން ވަނީ 101،837 ޓޫރިސްޓުން އައިސްފައި. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ 10.8 ޕަސެންޓް.

މި އަހަރު ރަޝިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ލައްކައަކަށް ވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރަޝިއާއަކީ މި ވަގުތު ރާއްޖޭގެ ޓޫރިޒަމްގެ ދެވަނައަށް އެންމެ ބޮޑު މާކެޓެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.

މި މަހުގެ 25 ގެ ނިޔަލަށް ރާއްޖެއަށް 942،427 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު 8 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ރަޝިއާއިން ވަނީ 101،837 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ 10.8 ޕަސެންޓެވެ.

މިދިޔަ އަހަރު ރަޝިއާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ގައުމެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. ޗައިނާއިން މި އަހަރުގެ މިހާތަނަށް ވަނީ 111،217 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ވެސް ޗައިނާ އިންނެވެ.

ޗައިނާ އާއި ރަޝިއާ އަށް ފަހު ދެންމެ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކަކީ އިނގިރޭސިވިލާތާއި އިޓަލީ އަދި ޖަރުމަނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%