Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ ޒަމާނީ އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

ހުޅުމާލެ ހޮސްޕިޓަލުގެ ޒަމާނީ އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

އުސްތާޛް މުޙައްމަދު ޢަލީ
460 ދުވަސް ކުރިން - 26 މެއި 2025 18:35
ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވުން.
ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވުން.
ޚުލާސާ

ކިރިން 7 އެނދު ހުރި މި ރުމޫގައި މިހާރު 14 އެނދު ހުންނައިރު މި ގެނައި ބަދަލާއި އެކު ކްރިޓިކަލް ކެއަރއަށް ޚާއްސަ އެނދު ވެސް ހުންނާނެ.

ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ހުޅުމާލެ ހޮސްޕިޓަލުގެ ހިިންގުން ޙަވާލުކޮށްފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިއުމާއެކު، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުއްލި ޙާލަތުގައި އިމަރޖެންސީކޮށް ފަރުވާ ދިނުމުގެ ޤާބިލުކަން އިތުރުކުރުމުމުގެ މުހިންމުކަން ރައީސް ފާހަގަކުރެވިފައިވެއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ނިއު ޕޮލިސީ އިނީޝިއޭޓިވްއެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ އީ.އާރް އެކްސްޕެންޝަން ޕްރޮޖެކްޓު ހިންގުމަށް ނިންމުނެވެ.

Advertisement

Advertisement 1

މި މަޝްރޫޢުގެ ދަށުން، ކުރިން 7 އެނދު ހުރި އިމަރޖެންސީ ރޫމުގައި މިހާރު 14 އެނދު ވަނީ ޤާއިމުކުރެވިފައެވެ. އަދި ކްރިޓިކަލް ބަލިމީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ވަނީ ތައްޔާރުކުރެވިފައެވެ. މި އައު އިމަރޖެންސީ ރޫމުގައި ޒަމާނީ މެޑިކަލް އާލާތްތައް ހިމެނޭއިރު، ފުރާނައަށް ނުރައްކާވާ ޙާލަތުގައި އަވަސް ފަރުވާ ދެވޭނެ އެންމެ ފުރިހަމަ ވަސީލަތްތައް ޤާއިމުކުރެވިފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ހުޅުމާލޭގައި ހުރި ހަމައެކަނި ސަރުކާރު ހޮސްޕިޓަލުކަމުން، މި އައު އިމަރޖެންސީ ރޫމުގެ ސަބަބުން ހުޅުމާލޭގައި ދިމާވާ އެކްސިޑެންޓްތަކާއި އެހެނިހެން ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ލިބޭނެ ލުއިފަސޭހަކަން ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގައި އައި.ސީ.ޔޫ، އެން.އައި.ސީ.ޔޫ އަދި އޯ.ޓީގެ ޚިދުމަތްވެސް މިހާރު ދެމުންދާކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ ގިނަ އައު ޚިދުމަތްތަކެއް ރަސްމީކޮށް ފަށާފައެވެ. މީގެ ތެރޭގައި 4 އޮޕަރޭޝަން ތިއޭޓަރު ހިމެނޭ ކޮމްޕްލެކްސްއަކާއި 10 އެނދުގެ އިންޓެންސިވް ކެއަރ ޔުނިޓު (އައިސީޔޫ)ގެ އިތުރުން ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ވެސް ހިމެނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެފައިވަނީ، ޤައުމީ ޞިއްޙީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓަރޝަރީ ފެންވަރުގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހުޅުމާލެހުޅުމާލެ ހޮސްޕިޓަލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

12 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

19 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02