އިނގިރޭސި ޕްރިމިއަރ ލީގް (އީޕީއެލް) އާއި ސްޕެއިންގެ ލަ ލީގާއަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ދެ ފުޓްބޯޅަ ލީގެވެ. މި ލީގު ތަކަކީ ޢާމްދަނީ ލިބޭ ވަޞީލަތްތަކެވެ. ޤައުމުތަކަށް ވަރަށް ބޮޑު ތަރައްޤީއެއް ގެނެސްދޭ ލީގުތަކެކެވެ.
މިދިޔަ ސީޒަނުގައި 12 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީ
2023-24 ވަނަ އަހަރުގެ ސީޒަންގައި އީޕީއެލްއިން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ ސީޒަނާއި އަޅާބަލާއިރު 4.5 އިންސައްތައަށް އިތުރުވެ 6.35 ބިލިއަން ޕައުންޑަށް އަރާފައެވެ. ލަ ލީގާގެ ޖުމްލަ އާމްދަނީއަކީ 3.7 ބިލިއަން ޔޫރޯއެވެ.
ޚުލާސާ ސްޓެޓިސްޓިކްސް: ޕްރިމިއަރ ލީގުގެ ރެވެނިއު 2023/2024 ސީޒަންގެ ޢާމްދަނީގެ ގޮތުން އެންމެ ކުރީގައި އުޅޭ ކުލަބުތައް.
އީޕީއެލްގެ ކުޅުންތެރިންނަށް ލަލީގާއަށް ވުރެ އެވްރެޖްކޮށް ލިބޭ މުސާރަ ބޮޑެވެ. މިދިޔަ ސީޒަނުގައި އެންމެ މަތިން މުސާރަ ލިބޭ ކުޅުންތެރިއެއްގެ ގޮތުގައި އީޕީއެލްގައި ހުރި ކެވިން ޑި ބްރޭނާއަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ލިބެއެވެ.
ލަ ލީގާގެ ކުޅުންތެރިންގެ އެވްރެޖް މުސާރައަކީ އަހަރަކު 2.4 މިލިއަން ޑޮލަރެވެ. މުސާރަ ދިނުމުގައި ލަ ލީގާގެ ގަވާއިދުތައް ވަރަށް ހަރުކަށިކަން ފާހަގަ ކުރެވެއެވެ.
މި މުބާރާތްތަކުގެ ފޯރިއަށް ބަލާއިރު، އީޕީއެލްގެ މެޗުތައް ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުތަކުގައި ދައްކައެވެ. އަދި 2022/23 ވަނަ އަހަރުގެ ސީޒަންގައި ޖުމްލަ 3.23 ބިލިއަން މީހުން ވަނީ އެ މެޗުތައް ބަލާފައެވެ.
މިފަހަރުގެ ސީޒަނުގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ޓީމު ކަމަށްވާ ލިވަޕޫލްގެ “ޕްލެޔަރ އޮފް ދަ ޔިއަރ” މުޙައްމަދު ޞަލާޙް މެޗު ބަލަން ތިބި ސަޕޯޓަރުންނާއެކު ސެލްފީއެއް ނަގަނީ. މިދިޔަ ސީޒަންގައި ޖުމްލަ 3.23 ބިލިއަން މީހުން ވަނީ ޕްރިމިއަރ ލީގުގެ މެޗުތައް ބަލާފަ.
ޕްރިމިއަރ ލީގުގައި ދަނޑަށް މެވު ބަލަން ވަން ސަޕޯޓަރުންގެ ސަބަބުން އިޤްތިޞާދަށް، ޚާއްޞަކޮށް ފަތުރުވެރިކަމަށް އޭގެ ފޮނިމީރުކަން ލިބެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަމަކީ 2019 ވަނަ އަހަރު ޔޫކޭއަށް ހަމައެކަނި ފުޓްބޯޅަ މެޗު ބެލުމަށްޓަކައި 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ސަބަބުން 1.4 ބިލިއަން ޕައުންޑުގެ ޔޫކޭއަށް ވަނެވެ.. ލަ ލީގާގެ މެވުތައް ބެލުމަށް މިދިޔަ އަހަރު ސްޕެއިނަށް އެކި ޤައުމުތަކުން 94 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެމީހުންގެ ފަރާތުން ސްޕެއިނަށް 126 ބިލިއަން ޔޫރޯ ލިބިގައި ވެއެވެ.
ލަ ލީގާގެ އެންމެ ބޮޑެތި ކްލަބުތައް ކަމުގައިވާ ރިއަލް މެޑްރިޑާއި ބާސެލޯނާއަށް ސްޕޮންސަރޝިޕުން ވެސް ބޮޑު ޢާމްދަނީއެއް ލިބެއެވެ. ނައިކީއާ އެކު ވެފައިވާ އެއްބަސްވުމުން އެކަނި އަހަރަކު 155 މިލިއަން ޔޫރޯ ބާސެލޯނާއަށް ލިބެއެވެ.