20 އަހަރަށް ފަހު ކޮލިފައިވި ނިއުކާސަލް ޔުނައިޓެޑް އަނެއްކާވެސް ޗެމްޕިއަންސް ލީގަށް

ހުސައިން އިސްމާއިލް | 21 ދުވަސް ކުރިން - 26 މޭ 2025 12:26
ނިއުކާސަލް ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.
ނިއުކާސަލް ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.
ޚުލާސާ

ނިއުކާސަލް ބަލިވިޔަސް، އެ ޓީމަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބުނުއިރު، ވިދިވިދިގެން ދެވަނަ ފަހަރަށް ޗެލްސީއަށް ޖާގަ ލިބިއްޖެ.

20 އަހަރަށްފަހު 2023-24 ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުނު ނިއުކާސަލް ޔުނައިޓެޑަށް އަނެއްކާ ވެސް ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ލިބިއްޖެއެވެ. ނިމިގެންދިޔަ ސީޒަނަށް އެމީހުން ކުރިމަތިލިއިރު އޭގެ ކުރިން އެ ޓީމު ޗެމްޕިއަންސް ލީގުގައި 2002-2003 ވަނަ އަހަރުގެ ސީޒަނުގައެވެ

ޗެލްސީ ވެސް ވަނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، 69 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރުވަނަ މަޤާމު ހޯދި ކުރިޔަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ޗެލްސީގެ ޑިފެންޑަރު ލެވީ ކޮލްވިލްއެވެ.

ނިއުކާސަލް ޔުނައިޓެޑް އެވަޓަން އަތުން 1-0 އިން ބަލިވި ނަމަވެސް، 66 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނަ މަޤާމު ހޯދައި، ޗެމްޕިއަންސް ލީގަށް ދިޔުން ކަށަވަރުކޮށްފައިވާއިރު، އެމީހުންނަށް މި ފުރުސަތު ލިބުނީ ފައިދާ ގޯލުންނެވެ.

2023–24 ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑް 20 އަހަރަށް ފަހު އެނބުރި އައި ނަމަވެސް ގްރޫޕް ސްޓޭޖުން ވަކިވަން ޖެހުނެވެ. އެފަހަރު ލިބުނީ ގްރޫޕް އެފް އިން ހަތަރު ވަނައެވެ. ގްރޫޕް ސްޓޭޖް ނިންމައިލީ އެން،ެ މެޗަކުން މޮޅުވެ 2 މެވުން އެއްވަރުވެ، އަދި 3 މެޗުން ބަލިވެގެންނެވެ. އެފަހަރު އެޓީމު ބައްދަލުކުރީ ޕީއެސްޖީ، އޭސީ މިލާން، އަދި ބޮރޫޝިއާ ޑޯޓްމަންޑް އާއި ދެކޮޅަށެވެ.

ޗެލްސީއަށް މިއީ ވިދިވިދިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގަށް ދިޔުން ކަށަވަރުކުރި ސީޒަނެވެ.

ޗެލްސީގެ ކުރިއަށް އޮތް މުހިންމު މެޗަކީ އަންނަ ބުދަ ދުވަހު ކުޅޭ ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލް މެޗެވެ. އެ މެޗުގައި ޗެލްސީ ކުޅޭނީ ސްޕެއިންގެ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%