Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނާއި ދެކޮޅަށް އަޅަފައިވާ ބައެއް ފިޔަވަޅުތައް އެމެރިކާއިން އުވާލަނީ

އީރާނާއި ދެކޮޅަށް އަޅަފައިވާ ބައެއް ފިޔަވަޅުތައް އެމެރިކާއިން އުވާލަނީ

ޖަވާދު
472 ދުވަސް ކުރިން - 26 މެއި 2025 09:06
އީރާނުގެ ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީ (ކ) ވިދާޅުވެފައި ވަނީ ޓްރަމްޕް (ވ) ގެ ސަރުކާރަކަށް ވެސް އީރާނަށް ކަންކަމުގައި މަޖުބޫރެއް ނުކުރެވޭނެ ކަމަށް.
އީރާނުގެ ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީ (ކ) ވިދާޅުވެފައި ވަނީ ޓްރަމްޕް (ވ) ގެ ސަރުކާރަކަށް ވެސް އީރާނަށް ކަންކަމުގައި މަޖުބޫރެއް ނުކުރެވޭނެ ކަމަށް.
ޚުލާސާ

އެމެރިކާއިން ގަބޫލުކުރާ ގޮތުގައި އީރާނާއި ދެކޮޅަށް ހަނގުރާމައަކަށް ގޮސްގެން ވާނެ ފައިދާއެއް ނެތްކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް އުވާލަން އެމެރިކާ ތައްޔާރުވަމުން ދާކަމަށް އިސްރްރާއީލުގެ ނޫހެއްކަމަށްވާ "ޔިސްރައެލް ހިޔޮމް" އިން ހާމަކޮށްފިއެވެ.

މި ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިއީ އިސްރާއީލުގެ ވެރިން ވަރަށް ބޮޑަށް ކަންބޮޑުވާނެ ކަމެކެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އީރާނާއި ބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދައްކާ ހުރިހާ ވާހަކަތަކެއް ގަބޫލެއް ނުކުރައްވައެވެ. އަދި އެމެރިކާއިން ގަބޫލުކުރާ ގޮތުގައި އީރާނާއި ދެކޮޅަށް ހަނގުރާމައަކަށް ގޮސްގެން ވާނެ ފައިދާއެއް ނެތްކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށްވެސް މި ނޫހުން ބުނެފައިވެއެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ ދިނުމާއި، ޔޫރޭނިއަމް ފައްކާކުރާ މިންވަރު 3.7 އަށްވުރެ ދަށްކުރުމަށް އެއްބަސްވެއްޖެނަމަ، އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އީރާނާއެކު ވިޔަފާރިކުރުމުން އެމެރިކާއަށް މާބޮޑަށް ފައިދާވާނެ ކަމަށް އެމެރިކާއިން ދެކޭކަމަށްވެސް މި ނޫހުން ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement 1

އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރަމްޕްގެ ސަރުކާރުން ވަނީ ގަލްފުގެ ގައުމެއްކަމަށްވާ އޮމާން މެދުވެރިކޮށް ނުސީދާކޮށް އީރާނާއެކު މަޝްވަރާތައް ފަށާފައެވެ. މިހާތަނަށް މި މަޝްވަރާތަކުގެ ފަސް ބުރު ބޭއްވިފައިވާއިރު، އެންމެ ފަހުގެ ބުރުން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާކަން އެމެރިކާއާއި އީރާނުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އީރާނުން ޔޫރޭނިއަމް ފައްކާކުރުމުގެ މައްސަލަ އަދިވެސް ހައްލުނުވެ އޮތްކަން ފާހަގަކުރެވެއެވެ.

އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އުވާލަން އެމެރިކާ މިހާރު މަސައްކަތްކުރަނީ ކޮން ބާވަތެއްގެ ފިޔަވަޅުތަކެއްކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް، މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާން - އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

5 ގަޑިއިރު ކުރިން - 09:30

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

1 ދުވަސް ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

8 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

8 ދުވަސް ކުރިން - 02:42

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

10 ދުވަސް ކުރިން - 07:21