ގައިދީންނަށް ގުރުއާން އުނގަންނާދިނުމަށް އެއްބަސްވުމެއް ހަދައިފި

އަހްމަދު އީޒާން | 9 ގަޑިއިރު ކުރިން - 25 މޭ 2025 12:38
ކަރެކްޝަންސް އާއި ގުރުއާނާއި ބެހޭ މަރުކަޒާއި ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ހޯމް މިނިސްޓްރީ
ކަރެކްޝަންސް އާއި ގުރުއާނާއި ބެހޭ މަރުކަޒާއި ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ހޯމް މިނިސްޓްރީ
ޚުލާސާ

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތްތަކާއޮ އެއްގޮތަށް ގައިދީންނަށް ތަޖުވީދު މަގުން ރީތިކޮށް ކީރިތި ގުރުއާން ކިޔަވާން ދަސްކޮށްދިނުން.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުތަކުގައި ތިބި ގައިދީންނަށް ކީރިތި ގުރުއާން އުނގަންނާދިނުމާއި ގުޅޭ ގޮތުން ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރީ ސަލްމާން ރަސްގެފާނު މިސްކިތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ކަރެކްޝަންސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރެވެ. އަދި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް އަބްދުﷲ ސައުދާނެވެ.

މިނިސްޓްރީން ބުނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއް ގޮތަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދު މަގުން ރީތިކޮށް ކީރިތި ގުރުއާން ކިޔަވާން ދަސްކޮށްދިނުމަށް މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާއި ގުޅޭ އެންމެހައި ކަންތައްތަކަށް މަގުފަހިކޮށްދިނުން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%