Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެންޗެލޮޓީ އާއި މޮޑްރިޗްގެ ވަދާޢީ މެޗް ނިންމާލީ ކާމިޔާބާއެކު

އެންޗެލޮޓީ އާއި މޮޑްރިޗްގެ ވަދާޢީ މެޗް ނިންމާލީ ކާމިޔާބާއެކު

އައިޝަތު ރުވާ ރިފްޢަތު
382 ދުވަސް ކުރިން - 25 މެއި 2025 00:08
ކޯޗު ކާލޯ އެންޗެލޮޓީ އާއި ކެޕްޓަން މޮޑްރިޗް ރިއަލް މެޑްރިޑާއި އަލްވަދާޢު ކިޔުން / ފޮޓޯ: ރިއަލް މެޑްރިޑް
ކޯޗު ކާލޯ އެންޗެލޮޓީ އާއި ކެޕްޓަން މޮޑްރިޗް ރިއަލް މެޑްރިޑާއި އަލްވަދާޢު ކިޔުން / ފޮޓޯ: ރިއަލް މެޑްރިޑް
ޚުލާސާ

2-0 އިން ރިއަލް މެޑްރިޑް މޮޅުކޮށްދިނުމަށްފަހު، އެންޗެލޮޓީއާއި މޮޑްރިޗް ރިއަލް މެޑްރިޑްގެ ކެރިއަރު ނިންމާލައިފި.

ކާލޯ އެންޗެލޮޓީ ރިއަލް މެޑްރިޑްގައި އޭނާގެ ފެއަރވެލް މެޗު މޮޅަކުން ނިންމާލައި ސަޕޯޓަރުންގެ ހިތްތައް ރޮއްވާލައިފިއެވެ. ވަދާޢީ މެޗުގައި މިރޭ ރިއަލް ސޮސިއެދާދު ބަލިކުރީ 2-0 އިންނެވެ. މި މެޗަކީ އެންޗެލޮޓީ ބްރެޒިލްގެ ޤައުމީ ޓީމުގެ ހެޑް ކޯޗުކަމާއި ރަސްމީކޮށް ޙަވާލުވުމުގެ ކުރިން ސްޕޭނުގައި އޭނާ އިރުޝާދުދިން ފަހު މެޗެވެ.

މި މެޗުގައި ދެގޯލު ވެސް ޖަހައިދިނީ އެމްބަޕޭއެވެ. ފުރަތަމަ ގޯލު އޭނާ ޖެހީ 38 ވަނަ މިނެޓްގައެވެ. ދެވަނަ ގޯލު ޖެހީ 83 ވަނަ މިނެޓްގައި ވިނީސިއަސް ޖޫނިއަރގެ ޕާހަކާ އެކުގައެވެ. މި ކާމިޔާބީއާއިއެކު ރިއަލް މެޑްރިޑް ވަނީ ލަ ލީގާގައި 84 ޕޮއިންޓާއެކު ދެވަނައަށް އަރާފައެވެ.

Advertisement

Advertisement 1

އެންޗެލޮޓީގެ ވަދާޢީ މެޗުގައި ދެގޯލު ޖަހައިދިން ރިއަލްގެ ފްރާންސްގެ ތަރި އެމްބާޕޭ (ކ). ފޮޓޯ: ޔާހޫ.ކޮމް

މި މެޗަކީ ލޫކާ މޮޑްރިޗްގެ ވެސް ފަހު މެޗެވެ. 85 ވަނަ މިނެޓްގައި އޭނާ ބަދަލުކުރުމުން، ކުޅުންތެރިންނާއި ސަޕޯޓަރުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައި، ގާޑް އޮފް އޮނަރެއް ދިނެވެ. މިއީ މޮޑްރިޗްގެ 13 އަހަރުގެ ކެރިއަރގެ ފަހު މެޗެވެ.

ރިއަލް މެޑްރިޑްގެ ލެޖެންޑް ލޫކާ މޮޑްރިޗް އޭނާގެ ވަދާޢީ މެޗުގެ 85 ވަނަ މިނެޓްގައި 2-0ގެ މޮޅާއެކު އަތްޖަހަމުން ދަނޑުން ފައިބަނީ. / ފޮޓޯ: ޔާހޫ.ކޮމް

އުމުރުން 65 އަހަރުގެ އެންޗެލޮޓީ ވަނީ ރިއަލް އާއި އެކު ޖުމްލަ 15 ޓްރޮފީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ފާއިތުވި ސީޒަންގައި ކާމިޔާބުކުރި ޗެމްޕިއަންސް ލީގާއި ލަލީގާ ޓައިޓަލް ހިމެނެއެވެ.

އެންޗެލޮޓީ ރިއަލްއާއެކު އޮތް އެއްބަސްވުން ހަމަވާން އޮތީ ޖޫން 2026 ގައި ނަމަވެސް، އޭނާ އެއްބަސްވުން ހަމަވުމުގެ ކުރިން ކްލަބާއި ވަކިވެ، ހޯމަ ދުވަހު ބްރެޒިލްއާއެކު މަސައްކަތް ފަށާނެއެވެ. އެންޗެލޮޓީގެ ބަދަލުގައި ރިއަލް މެޑްރިޑްއާއި ހަވާލުވާނީ ބަޔާ ލެވަކޫސަންއަށް ބުންޑަސްލީގާ ކާމިޔާބުކޮށްދިން، އަދި ކުރީގެ ރިއަލް މެޑްރިޑް ކުޅުންތެރިޔާ ޒަބީ އަލޮންސޯއެވެ.

ރިއަލް މެޑްރިޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

23 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

26 ދުވަސް ކުރިން - 16:16

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ރެއާލުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެންނަނީ

28 ދުވަސް ކުރިން - 08:32

ވެލްވާޑޭ އާއި ޗުއަމެނީ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވެލްވާޑޭގެ ބޯ ފަޅާލައިފި

މާރާމާރީއެއްގައި ޗުއަމެނީ ވަލްވާޑޭގެ ބޯ ފަޅާލައިފި

33 ދުވަސް ކުރިން - 12:54

އެމްބާޕޭ ރެއަލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި 44 މިލިއަން މީހުން ސޮއިކޮށްފި

އެމްބާޕޭ ރެއާލުން ބޭރުކުރަން ގޮވާލާ ޕެޓިޝަނެއް

33 ދުވަސް ކުރިން - 11:10

ހިލޭ ލިބެން އޮތް ބެނާޑޯ ސިލްވާ އަށް ރިއަލް މެޑްރިޑުން ޝައުގުވެރިކަމެއް ނެތް

ރިއަލް މެޑްރިޑުން ބެނާޑޯ ސިލްވާއަށް ޝައުގުވެރިކަމެއް ނެތް

45 ދުވަސް ކުރިން - 22:11