Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޒޫޓޯޕިއާގެ ދެވަނަ ބައިގެ ޓްރެއިލާ ނެރެފި

ޒޫޓޯޕިއާގެ ދެވަނަ ބައިގެ ޓްރެއިލާ ނެރެފި

އައިޝަތު ރުވާ ރިފްޢަތު
406 ދުވަސް ކުރިން - 23 މެއި 2025 20:00
ޒޫޓޯޕިއާގެ ދެވަނަ ބައިގެ ޕޯސްޓަރ
ޒޫޓޯޕިއާގެ ދެވަނަ ބައިގެ ޕޯސްޓަރ
ޚުލާސާ

ޒޫޓޯޕިއާގެ މި އާ ސީރީޒްގައި އާ ޝަހުސިަހުސިއްޔަތެއްގެ ގޮތުގައި ގަރީ ޑެސްނޑެސްނޭކް ކިޔާ ހަރުފައެއް ތަޢާރަފުކޮށްފައިވޭ.

2016 ވަނަ އަހަރު އެކަޑަމީ އެވާޑް ލިބުނު މަޝްހޫރު އެނިމޭޓެޑް ކާޓޫން ޒޫޓޯޕިއާގެ ދެވަނަ ބައިގެ ޓްރެއިލާ ނެރެފިއެވެ.

މި ކާޓޫން ނެރޭނީ މިއަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު އިންޑިއާގައެވެ. އަދި މި ކާޓޫން އިނގިރޭސި، ހިންދީ، ތަމިލް އަދި ތެލުގު ބަހުން ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޓްރެއިލާގައި ދައްކުވައިދެނީ އެންމެންގެ ލޯބި ލިބިފައިވާ 'ޑުއޯ' ކަމުގައިވާ ޖުޑީ ހޮޕްސް އަދި ނިކްވައިޑެވެ. ޖުޑީއަކީ އަލަށް ފުލުހުންނާ ގުޅުނު އަންހެން މުސަޅެކެވެ. އޭނާއަށް އަޑުއަޅާފައިވަނީ ގިންފާ ގޫޑްވިންއެވެ. އަދި ނިކްވައިޑްއަކީ މަކަރުވެރި ހިޔަޅެކެވެ. އޭނާއަށް އަޑުއަޅާފައިވަނީ ޖޭސަން ބެޓެމޭންއެވެ.

Advertisement

Advertisement 1

ޒޫޓޯޕިއާގެ މި އާ ސީރީޒްގައި އާ ޝަހުސިއްޔަތެއްގެ ގޮތުގައި ގަރީ ޑެސްނޭކް ކިޔާ ހަރުފައެއް ތަޢާރަފުކޮށްފައިވެއެވެ. މި ހަރުފައަށް އަޑުއަޅާފައިވަނީ ކެހުއި ކުއާންއެވެ. އަދި މިއީ މި ސީޒަންގެ ނުބައި ބައި ކުޅޭ ކެރެކްޓަރު ކަމަށްވެސް ބެލެވެއެވެ. ޓްރެއިލާއިން ދައްކާގޮތުގައި ޖުޑީ އާއި ނިކް އެކުގައި ގޮތްނޭނގޭ ކޭސްތަކެއް ތަޙުޤީޤުކޮށް، އޭގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާތަން ފެނެއެވެ.

މި ޓްރެއިލާ ނެރުމާއިއެކު ގިނަ ސަޕޯޓަރުންގެ ފޯރި ވަނީ އިތުރުވެފައެވެ. ގިނަ ސަޕޯޓަރުން ބުނާގޮތުގައި މިއީ އެތައް ބައެއްގެ އުންމީދުތައް ފުރިހަމަވުމެކެވެ.

މި ކާޓޫނަކީ ޖެރެޑް ބުޝް އަދި ބައިރޮން ހޮވާޑް ޑައިރެކްޓްކޮށްފައިވާ ކާޓޫނެކެވެ. 2016 ވަނަ އަހަރު ޒޫޓޯޕިއާއަށް ވަނީ އެންމެ މޮޅު އެނިމޭޓެޑް ފީޗަރ ފިލްމުގެ އޮސްކާ އެވޯޑް ލިބިފައެވެ. މި ފަހަރުވެސް މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ ވެތް މެރިނޯއެވެ.

މި ކާޓޫނުގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާވެސް ބައިވެރިވެފައިވެއެވެ. ޝަކީރާ އަޑުއަޅާފައިވަނީ މި ކާޓޫންގެ ލަވަކިޔުންތެރިޔާ ޖެޒޭލްގެ ކަރެކްޓަރަށެވެ.

މި ކާޓޫނަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އެއްވަރަކަށް މަޤުބޫލު ކާޓޫނެއްކަމަށްވުމާއެކު، މި ކާޓޫންގެ ދެވަނަ ބައި ނެރުމާއެކު ގިނަ ބައެއްގެ ޝައުޤުވެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ހޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި': އޭނާގެ ލަވަ ބޭނުންކުރުން މަނާކޮށްފި!

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި'!

20 ދުވަސް ކުރިން - 22:21

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

31 ދުވަސް ކުރިން - 21:57

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

31 ދުވަސް ކުރިން - 21:51

"މަނީ ހައިސްޓް"ގެ އިތުރު ސީޒަނެއް އަންނަނީތާ؟

"މަނީ ހައިސްޓް"ގެ އިތުރު ސީޒަނެއް އަންނަނީތާ؟

52 ދުވަސް ކުރިން - 23:17

ޑުއާ ލިޕާ ސެމްސަންގުގެ މައްޗަށް 15 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފި

ޑުއާ ލިޕާ ސެމްސަންގުގެ މައްޗަށް ދައުވާ ކޮށްފި

53 ދުވަސް ކުރިން - 21:21

މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "މައިކަލް" ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައިފި

ފިލްމު "މައިކަލް" ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައިފި

67 ދުވަސް ކުރިން - 23:07