މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލެއް ނެރެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފިއެވެ.
މެޓުން ލަފާ ކުރާ ގޮތުގައި މިއަދު މެންދުރު 13:00 އިން ފެށިގެން އިރުއޮއްސި 19:00 އާ ހަމައަށް ހއ. ހދ. ރ. ބ. ޅ. ނ. އަދި ށ. އަތޮޅުތަކަށް ކަނޑު ގަދަވެ ވައި ގަދަވާނެއެވެ.
މެޓުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.