މޯލްޑިވްސް އެކްސްޕޯ 2025 ގައި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސް.އޯ.އީ) ކެޓަގަރީން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެއްވަނަ ހޯދައިފިއެވެ.
ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުނު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއާއި މި އިނާމް ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ސްޓެލްކޯއިން އެކްސްޕޯގައި ދައްކާލީ "ރީޖަނަލް ސްކާޑާ" ސިސްޓަމެވެ. މިއީ ކުންފުނިން ޚިދުމަތްދޭ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމުގެ އެންމެހައި ކަންކަން މޮނިޓަރ ކުރުމަށް ތަރައްޤީކޮށްފައިވާ ނިޒާމެކެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މި ނިޒާމުގެ ސަބަބުން ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރެވި، ކުއްލިއަކަށް ކަރަންޓު ކެނޑުން މަދުކުރެވޭނެ ކަމަށާއި، އަދި ކުރިމަގުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު ދެނެގަތުމަށް ފަސޭހަވާނެ ކަމަށެވެ.