ވައިގެ މަގުން އެތެރެކުރަން އުޅުނު 7.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އަައިޝަތު ޒީނާ | 29 ދުވަސް ކުރިން - 23 މޭ 2025 10:58
ކަސްޓަމްސް އިން މިރޭ އަތުލައިގަތް މަސްތުވާތަކެތި. / ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސް އިން މިރޭ އަތުލައިގަތް މަސްތުވާތަކެތި. / ފޮޓޯ: ކަސްޓަމްސް
ޚުލާސާ

އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން އަށް ޕޮޒިޓިވްވެފައިވާއިރު، މި ތަކެތީގެ ބަރުދަނުގައި ޕެކިން އާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރި.

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 7.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމަސް އިން ބުނީ މި ތަކެތި އަތުލައިގަތީ، ވައިގެ މަގުން ރާއްޖެ އެތެރެކުރި ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން މިރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތީގެ ބަރުދަނުގައި ޕެކިން އާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރި ކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާއާ ގާތްކުރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށާއި، ފުލުހުން އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%