އިންފަންޓީނޯ ގަޑިއަށް ހާޒިރުނުވުމުން، ޔުއެފާއިން ފީފާގެ ކޮންގްރެސް ބޮއިކޮޓް ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 158 ދުވަސް ކުރިން - 16 މޭ 2025 14:14
ފީފާގެ ރައީސް އިންފަންޓީނޯ: ޕެރަގުއޭގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްއަށް އޭނާ އިއްޔެ ގަޑިއަށް ހާޒިރުނުވުމުން މައްސަލަ ހޫނުވެއްޖެ.
ފީފާގެ ރައީސް އިންފަންޓީނޯ: ޕެރަގުއޭގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްއަށް އޭނާ އިއްޔެ ގަޑިއަށް ހާޒިރުނުވުމުން މައްސަލަ ހޫނުވެއްޖެ.
ޚުލާސާ

އިންފަންޓީނޯ އައީ ދެގަޑިއިރާއި 17 މިނެޓް ފަހުން. އެހެންވެ ޔޫއެފާގެ ރައީސްގެ އިތުރުން ޔޫރަޕްގެ ބައެއް ފުޓްބޯޅަ ފެޑަރޭޝަންތަކުގެ ވެރިން ވަނީ ކޮންގްރެސް ބާއްވަމުންދިޔަ ހޯލުން ނުކުމެފަ.

ފީފާގެ ކޮންގްރެސް ފެށުމަށް ކަނޑައެޅިފައިވާ ގަޑިއަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއްޔެ ހާޒިރުނުވުމާ ގުޅިގެން، ޔުއެފާގެ ރައީސްގެ އިތުރުން ޔޫރަޕުގެ ބައެއް ފުޓްބޯޅަ އެސޯސިއޭޝަންތަކުން އެ ކޮންގްރެސް ބޮއިކޮޓް ކޮށްފިއެވެ.

ކޮންގްރެސް ފެށުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ދެ ގަޑިއިރާއި 17 މިނިޓު ފަހުން އިންފަންޓީނޯ ކޮންގްރެސް ބާއްވާ ހޯލަށް ވަޑައިގަތުމާއެކު، ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިންގެ އިތުރުން ޔޫރަޕްގެ ބައެއް ފުޓްބޯޅަ ފެޑަރޭޝަންތަކުގެ ވެރިން ވަނީ ކޮންގްރެސް ބާއްވަމުންދިޔަ ހޯލުން ނިކުމެވަޑައިގެންފައެވެ.

ޕެރަގުއޭގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްއަށް އިންފަންޓީނޯ ލަސްވެ ވަޑައިގެންފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މެދު އިރުމަތީގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން އެ ފަރާތްތަކާއެކު ބާއްވަން އޮތް މަޝްވަރާ ބައްދަލުވުންތަކާ ގުޅިގެންކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.

އިންފަންޓީނޯ ގަތަރުގެ ދޯހާގައި އެމެރިކާގެ ރައީސާއި ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމާދު އަލް ޘާނީ އާއެކު މިދިޔަ ހަފްތާގައި.

ޔޫއެފާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ ކޮންގްރެސްއަށް ގަޑިއަށް އެ އިދާރާގެ ރައީސް ވަޑައިނުގެންނެވުމުން ކަންތައްތަކެއް ހާމަވެގެންދާ ކަމަށާއި އެންމެ ފަހު ވަގުތު އެޖެންޑާއާއި ވަގުތަށް ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފީފާގެ ކޮންގްރެސްއަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ މުހިންމު ބައްދަލުވުން. އެއީ ދުނިޔޭގެ 211 މެމްބަރު ގައުމުގެ ފުޓްބޯޅައިގެ ވެރިން އެއްވެ ފުޓްބޯޅައާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ނިންމާ ބައްދަލުވުމެއް،" ޔޫއެފާގެ ބަޔާނުގައި ބުނެފައިވެއެވެ.

ފީފާގެ ކޮންގްރެސް ބޮއިކޮޓްކޮށް ނިކުތް މެމްބަރުންގެ ތެރޭގައި އިނގިރޭސި އެފްއޭގެ ރައީސްއާއި ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ އިތުރުން ކޮންކާކަފް އަދި ކެރީބިއަންގެ ފުޓްބޯޅަ ފެޑަރޭޝަންތަކުގެ ވެރިން ހިމެނެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިންފަންޓީނޯ ވިދާޅުވެފައިވަނީ އޭނާ އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައިވަނީ ފުޓްބޯޅަ އާއިލާ ތަމްސީލު ކުރުމުގެ ގޮތުން މުހިންމު މަޝްވަރާތަކެއް ދުނިޔޭގެ ލީޑަރުންނާއެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ. އިންފަންޓީނޯ ވަނީ ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއާއި ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%