Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްދުވަސްތެރޭ ޣައްޒާއިން 2000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

މަސްދުވަސްތެރޭ ޣައްޒާއިން 2000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޖަވާދު
478 ދުވަސް ކުރިން - 14 މެއި 2025 18:33
ޣައްޒާއަށް އިސްރާއީލުން ރޭ ދިން ވައިގެ ހަމަލާ ތަކުގައި ޝަހީދުވެފައިވާ ބައެއް މީހުންގެ ޖަނާޒާގެތެރެއިން / ފޮޓޯ: އޭޕީ.
ޣައްޒާއަށް އިސްރާއީލުން ރޭ ދިން ވައިގެ ހަމަލާ ތަކުގައި ޝަހީދުވެފައިވާ ބައެއް މީހުންގެ ޖަނާޒާގެތެރެއިން / ފޮޓޯ: އޭޕީ.
ޚުލާސާ

ކުރިޔަށް އޮތްތަނުގައި ޙަމަލާތައް ވަރުގަދަކުރާނެ ކަމަށް ނަތަންޔާހޫ ވަނީ އިޢުލާންކުރައްވާފަ. ރޭ ވެސް 70 މީހުން ޝަހީދުކޮށްލި.

މިދިޔަ 30 ދުވަހުގެ ތެރޭގައި އިޒްރޭލުގެ ހަނގުރާމަވެރި ޒައެނިސްޓުން ޣައްޒާގެ 2،000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް މި ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އަށްވުރެ މަތިވެއްޖެ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އަދި 1 ލައްކަ 20،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.

މިދިޔަ 30 ދުވަހު އެންމެ ވަރުގަދަޔަށް ހަމަލާ ދިނީ ޖަބާލިޔާ އަދި ޚާން ޔޫނިސް ފަދަ އެންމެ ގިނައިން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށްވާއިރު ޒައެނިސްޓުން ރޭ ވެސް ވައިގެ މަގުން ވަރުގަދަ ހަމަލާތައް ދިނެވެ. ރޭގެ ހަމަލާތަކުގައި މަދުވެގެން 70 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 22 ކުޑަކުދިންނާއި 15 އަންހެނުން ހިމެނޭ ކަމަށް ރަސްމީ މަސްދަރުތަކުން ބުނެއެވެ.

Advertisement

Advertisement 1

އިޒްރޭލުން ވަނީ ޣައްޒާއަށް ވަދެ ނުކުމެވޭނެ ހުރިހާ ސަރަހައްދެއް ބަންދުކޮށްފައެވެ. އެހެންކަމުން ކާނާއާއި ބޭސް ވެއްދޭނެ އެއްވެސް ގޮތެއް ނެތެވެ. މީގެ ސަބަބުން ޣައްޒާ ވަނީ ބަނދަށް ޖެހިފައެވެ. އދ. އިން ވެސް ވަނީ ޣައްޒާ އަކީ ބަނޑަށް ޖެހިފައިވާ ތަނެއް ކަމަށް ނިންމާފައެވެ.

ޣައްޒާގެ އިދާރާތަކުން ބުނާ ގޮތުގައި ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާ ހުއްޓުވާލާފައިވާތީ، ގާތްގަނޑަކަށް 500،000 އަށްވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވެއެވެ.

ހުޅަނގުގެ ބައެއް ގައުމުތަކުން މިކަން ކުށްވެރިކުރައްވާއިރު އެމެރިކާއިން ދަނީ އިޒްރޭލަށް ތާއީދު އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ސީރިއާގެ ތާއީދު އިޒްރޭލަށް ދިނުމަށް ޓްރަމްޕް ވަނީ އެދިވަޑައިގެންފައެވެ. މިކަމުގައި ސީރިއާގެ ސަރުކާރުން ރަސްމީކޮށް އަދި އެއްޗެކޭ ބުނެފައި ނުވިޔަސް، މަސްދަރުތަކުން ބުނާ ގޮތުގައި ސީރިއާ ސަރުކާރު އޮތީ އިޒްރޭލާއި ގުޅެން ތައްޔާރަށެވެ.

އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ސުލްހައިގެ މަސައްކަތްތައް އަލުން ފެށުމަށް ގޮވާލައްވާފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ކުރިއަށް އޮތް ތަނުގައި ޣައްޒާއަށް މިހާރަށް ވުރެ ފުޅާ ކޮށް ހަމަލާ ދޭން ރާވާފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ.

ޣައްޒާމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

8 ގަޑިއިރު ކުރިން - 14:55

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

7 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

13 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

16 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

23 ދުވަސް ކުރިން - 14:25

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައިފި؛ ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅުހަދައި ޣައްޒާއިން ސިފައިން ބޭލުމަށް ހުރަސްއަޅަނީ

25 ދުވަސް ކުރިން - 07:41