ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

އަހްމަދު އީޒާން | 9 ގަޑިއިރު ކުރިން - 13 މޭ 2025 14:46
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ / ފޮޓޯ: މަޖިލިސް
ޚުލާސާ

އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ ވޯޓާއެކުގައި.

ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެންނަން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގެވެ. މަޖިލީހުން މިއަދު އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ ވޯޓާއެކުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު "ޖެނެރޭޝަނަލް ބޭން"އެއް ގެނައުމަށް ނިންމެވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ބޭނުމުގަ އެވެ. ރައީސް ނިންމެވީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ބިލު ގާނޫނަކަށް ވުމުން ޖެނުއަރީ 1, 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ އެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ ވެސް މަނާކަމެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް "ޖެނެރޭޝަނަލް ބޭނެއް" ގެނައުމަށް ނިންމާފައިވާއިރު އެ ބިލު ތަސްދީގުކުރުމަށް ފަހު އަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ ބިލު ތަސްތީގުކުރުމަށް ފަހު އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%