ނިއުކްލިއަރ މަޝްވަރާތައް ނާކާމިޔާބު ވެއްޖެނަމަ ދެން ވެދާނެ ގޮތްތަކަށް ވެސް މިދަނީ ތައްޔާރުވަމުން: އީރާން

ޖަވާދު | 9 ގަޑިއިރު ކުރިން - 12 މޭ 2025 01:06
ނިއުކްލިޔާ ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ އާއި ޓްރަމްޕްގެ މަންދޫބު ވިޓްކޯވް.
ނިއުކްލިޔާ ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ އާއި ޓްރަމްޕްގެ މަންދޫބު ވިޓްކޯވް.
ޚުލާސާ

އެމެރިކާއިން ބުނާހާ ގޮތަކަށް ކަންކަން ނުކުރާނެ ކަމަށާއި، މަޝްވަރާތައް ނާކާމިޔާބު ވާނެ ކަމަށް ބެލެވޭ ކަމަށް އީރާނުން ބުނޭ.

އެމެރިކާއާއެކު ކުރިޔަށްދާ ނިއުކްލިއަރ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، އެކަމުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވަމުންދާ ކަމަށް އީރާނުން ބުނެފިއެވެ.

ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ ނިއުކްލިއަރ މަޝްވަރާތައް ނާކާމިޔާބުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ކުރިމަތިވެދާނެ ކަންކަމަށް ރިޢާޔަތްކޮށް، އަސްކަރީ، އިޤްތިޞާދީ އަދި ފަންނީ ގޮތުން އީރާން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމާއި، ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްޤު ދޫކޮށްލުމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުން ފަދަ ކަންކަމަކީ އީރާނުން ނުކުރާނެ ކަންކަމެވެ. މިއީ އީރާނުގެ "ރެޑްލައިން" ތަކެއް ކަމަށާއި، މިކަންކަން ކުރުމަށް އީރާނަށް މަޖުބޫރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމިއްލަ ދިފާޢުގައި ބޮޑު ހަނގުރާމައަކަށް ދާންޖެހުނު ނަމަވެސް އީރާނުން އެކަން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ކުރިޔަށްދާ ނިއުކްލިއަރ މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ އީރާނުން 3 އިންސައްތައަށް ވުރެ މަތިން ޔުރޭނިއަމް މުއްސަނދި ނުކުރާނެ ކަމުގެ ޔަޤީންކަން ހޯދުމާއި، ނިއުކްލިއަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަޤީންކަން ހޯދުމެވެ. މީގެ ބަދަލުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ފިޔަވަޅުތައް އުވާލުމަށް ވަނީ އެއްބަސްވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%