ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް, މުޅި ރާއްޖެއަށް ވައިޓް އެލާޓް!

އަހްމަދު އީޒާން | 11 ގަޑިއިރު ކުރިން - 12 މޭ 2025 14:09
މީގެ ކުރިން ވިއްސާރަކުރި ދުވަހެއްގައި ކ. މާފުށީގައި ފެންބޮޑުވެފައި / ފޮޓޯ: އެމްއެންޑީއެފް
މީގެ ކުރިން ވިއްސާރަކުރި ދުވަހެއްގައި ކ. މާފުށީގައި ފެންބޮޑުވެފައި / ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ މެންދުރު ފަހު 1:15 އިރުއޮއްސި 6:15 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި.

މޫސުން ގޯސްވެ, ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް މިއަދު ނެރެފި އެވެ. 

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ މެންދުރު ފަހު 1:15 އިރުއޮއްސި 6:15 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ.

ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ކަނޑުތައް ގަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ, ކުރިއަށް އޮތް ދެ ދުވަހު އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން އިއްޔެ ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. މި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާ އެކު، ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%