އެމެރިކާއާ އެކު މިއަދު ބޭއްވީ އުނދަގޫ ބައްދަލުވުމެއް: އީރާން

ޖަވާދު | 10 ދުވަސް ކުރިން - 11 މޭ 2025 20:51
ތެހެރާނު މީހަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފްގެ ފޮޓޯއެއް ފުރަތަމަ ޞަފްޙާގައި ޖަހާފައިވާ ނޫހެއް 
ހިފައިގެން. / ފޮޓޯ: ރޮއިޓަރސް
ތެހެރާނު މީހަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފްގެ ފޮޓޯއެއް ފުރަތަމަ ޞަފްޙާގައި ޖަހާފައިވާ ނޫހެއް ހިފައިގެން. / ފޮޓޯ: ރޮއިޓަރސް
ޚުލާސާ

ދެފަރާތުން އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެފަރާތުންވެސް އެއްބަސްވާކަން ފާހަގަ ކުރެވޭ.

އެމެރިކާ އާއި އީރާނުގެ މެދުގައި އޮމާނުގެ ވެރިރަށް މަސްކަޓުގައި މިއަދު ނިއުކްލިއަރ މަޝްވަރާތަކުގެ ހަތަރުވަނަ ބުރު ނިމުމަކަށް އައިސްފައިވާއިރު، އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމުގައި ކުރަމުންދާ ހުރިހާ މަސައްކަތެއް މުޅިން ހުއްޓާލުމަށް އެމެރިކާއިން ވަނީ ގޮވާލައިފައެވެ.

އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް ވަނީ، އީރާނުގެ ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތާއި އިންފްރާސްޓްރަކްޗަރ އާއި ހުރިހާ ސެންޓްރިފިއުޖްތައް ނައްތާލުމަށް ބުނެފައެވެ. ނަމަވެސް އީރާނުން މިކަން ވަރަށް ހަރުކަށި ގޮތެއްގައި ދަނީ ދެކޮޅުހަދަމުންނެވެ.

އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގްޗީ ބުނެފައިވަނީ ނަން-ޕްރޮލިފަރޭޝަން މުއާހަދާގެ ދަށުން ޔުރޭނިއަމް މުއްސަނދި ކުރުމަކީ އީރާނުގެ ހައްގެއް ކަމަށާއި އެކަމާމެދު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި މައްސަލައިގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެފަރާތުންވެސް އެއްބަސްވާކަން ފާހަގަ ކުރެވެއެވެ. މި މަޝްވަރާތައް ފެސިލިޓޭޓްކުރި އޮމާނުގެ ފޮރިން މިނިސްޓަރ ބަދުރު އަލް-ބުސައިދީ ވަނީ ކުރިއަށް އޮތް ބައްދަލުވުން ތަކުގައި ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ބުނެފައިވެ.

މި މަޝްވަރާތައް ކުރިއަށްދަނީ ސަރަހައްދީ ގޮތުން އުފެދިފައިވާ ހަމަނުޖެހުންތަކާއި އިގްތިސާދީ ބާރުތަކުގެ ތެރޭގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ވަނީ "މެކްސިމަމް ޕްރެޝަރ" ގެ ސިޔާސަތު އަލުން ތަންފީޒުކޮށްފައެވެ. މީގެ މަގްސަދަކީ އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމެވެ.

އެމެރިކާ އާއި އީރާނުގެ މެދުގައި ޔުރޭނިއަމް މުއްސަނދި ކުރުމާ ގުޅޭ މަޝްވަރާތައް 2000 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން އެތައް ފަހަރަކު ކުރިއަށް ގެންގޮސްފައިވެއެވެ.

މި މައްސަލައިގައި އެންމެ މުހިންމު އެއް ހާދިސާއަކީ 2015 ވަނަ އަހަރު ވެވުނު ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން އެއްބަސްވީ އެ ގައުމުގެ ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް މަދުކުރުމަށެވެ. މީގެ ބަދަލުގައި އެމެރިކާއިން އީރާނުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދިނުމަށް އެއްބަސްވިއެވެ.

ނަމަވެސް 2018 ގައި އެމެރިކާއިން މި އެއްބަސްވުމުން ބޭރުވުމާއި ގުޅިގެން އަލުން ދެ ގައުމުގެ މެދުގައި ހަމަނުޖެހުން އުފެދި، އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިޔައެވެ.

މި ހުރިހާ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މި މައްސަލައަށް ހައްލެއް ހޯދުމަށް ދަތިވެފައި ވަނީ ދެ ފަރާތުންވެސް މި މައްސަލައިގައި ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭތީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%