Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އައިއެސްއިން ޤަތުލުކުރި އެމެރިކާގެ އަސީރުންގެ ހަށިތައް ޤަޠަރުން ހޯދަން ފަށައިފި

ޖަވާދު
532 ދުވަސް ކުރިން - 11 މެއި 2025 14:41
ޤަޠަރުގެ ކަމާބެހެ ފަރާތްތަކުން އެމެރިކާ މީހުންގެ ހަށިތައް ހޯދަނީ.
ޤަޠަރުގެ ކަމާބެހެ ފަރާތްތަކުން އެމެރިކާ މީހުންގެ ހަށިތައް ހޯދަނީ.
ޚުލާސާ

ޤަޠަރުގެ ޓީމަކުން, 2014 އާއި 2017 އާ ދެމެދު އައިއެސް ޖަމާޢަތުން ޤަތުލުކުރި އެމެރިކާގެ އަސީރުންގެ ހަށިތައް ހޯދަން ފަށައިފި.

މީގެ ދިހަ އަހަރެއްހާ ދުވަސް ކުރިން ނިރުބަވެރި ޖަމާޢަތް އައިއެސްއިން ސޫރިޔާގައި ޤަތުލުކޮށްލާފައިވާ އެމެރިކާގެ އަސީރުންގެ ހަށިތައް ހޯދުމަށް ޤަޠަރުގެ ޓީމަކުން މަސައްކަތް ފަށައިފިއެވެ.

2014 އާއި 2017 އާ ދެމެދު އައިއެސް ޖަމާޢަތުގެ ބާރު އެންމެ ވަރުގަދަވެފައި އޮތް ދުވަސްވަރު، ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އެ ދުވަސްވަރު އެ ޖަމާޢަތުން ރަހީނުކޮށްފައިވާ ގިނަ ޢަދަދެއްގެ މީހުން، އަނިޔާވެރިކޮށް މަރާލައި، އެ މަންޒަރުތައް ފެންނަ ވީޑިއޯތައް ނެރެމުން ދިޔައެވެ. މި ރަހީނުންގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކަށް ނިސްބަތްވާ އަސީރުންވެސް ހިމެނެއެވެ.

Advertisement

Advertisement 1

އައިއެސްއިން މަރާލާފައިވާ އެމެރިކާގެ މީހުންގެ ހަށިތައް ހޯދުމުގައި ޤަޠަރުގެ ކަމާބެހެ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެތެރެއިން.

ޤަޠަރުގެ ގުރޫޕުން އަސީރުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެމެރިކާގެ ބައެއްގެ ބައިވެރިވުމާއެކުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިހާތަނަށް އެ ގުރޫޕަށް ތިން މީހެއްގެ ހަށިތައް ފެނިފައިވާ ކަމަށް މަސްދަރުތަކުން ބުނެފައިވާއިރު، އެ ހަށިތަކަކީ އެމެރިކާގެ އަސީރުންގެ ހަށިތައްތޯ އަދި ޔަޤީން ކުރެވިފައެއް ނުވެއެވެ.

މި މަސައްކަތާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި މަސައްކަތް ފެށިފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤަޠަރު ހިމެނޭ ގޮތަށް ގަލްފުގެ ބައެއް ޤައުމުތަކަށް އަންނަ ހަފްތާގައި ޒިޔާރަތްކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ވަގުތެއްގައި ކަން ފާހަގަކުރެވެއެވެ.

ޤަޠަރުގެ ޓީމުން ފުރަތަމަ މަސައްކަތްކުރަމުންދަނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޕީޓަރ ކެސިގްގެ ހަށިގަނޑު ހޯދުމަށް ކަމަށް ސޫރިޔާގެ މަސްދަރަކުން ބުނެފައިވެއެވެ. އޭނާއަކީ ސޫރިޔާގެ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ދާބިގުގައި 2014 ވަނަ އަހަރުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މީހެކެވެ.

އޭގެ އިތުރުން، އެމެރިކާގެ ނޫސްވެރިން ކަމަށްވާ ޖޭމްސް ފޮލޭއާއި ސްޓީވަން ސޮޓްލޮފް އަދި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ކޭލާ މުއެލާ ވެސް އައިއެސް ޖަމާޢަތުން ވަނީ ޤަތުލުކޮށްލާފައެވެ.

އައިއެސް ޖަމާޢަތުން ޤަތުލުކޮށްފައިވާ އެމެރިކާގެ ރައްޔިތުންގެ ހަށިތައް ހޯދުމަކީ ފާއިތުވި އަހަރުތަކުގައި އެމެރިކާގައި ވެރިކަން ކޮށްފައިވާ އެކި ސަރުކާރުތަކުން ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމެކެވެ. މީގެ ކުރިން ވެސް އެ މީހުންގެ ހަށިތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް އެމެރިކާއިން ކޮށްފައިވެއެވެ.

ކެސިގްއާއި ސޮޓްލޮފާއި ފޮލޭގެ ހަށިތައް ވާނީ ސޫރިޔާގެ އެއް ސަރަޙައްދެއްގައި ކަމަށް ބެލެވޭއިރު، މުއެލާ ބަންދުކޮށްފައި ހުރީ ޢިރާޤުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގަތަރުއައިއެސްއެމެރިކާޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގަލްފުން 1.5 ބިލިއަން ފީފާ ތެޔޮ އެކްސްޕޯޓުކުރީ އެމެރިކާ ސިފައިންގެ އެހީގައި

ގަލްފުން 1.5 ބިލިއަން ފީފާ ތެޔޮ އެކްސްޕޯޓުކުރީ އެމެރިކާ ސިފައިންގެ އެހީގައި

4 ގަޑިއިރު ކުރިން - 09:30

އީރާނަށް ހަމަލާ ދިނުން ފަސްކޮށްފި ކަމަށް ޓްރަމްޕް ބުނެފި

އީރާނަށް ހަމަލާ ދިނުން ފަސްކޮށްފި ކަމަށް ޓްރަމްޕް ބުނެފި

4 ގަޑިއިރު ކުރިން - 09:09

އިސްރާއީލު ދިފާއުކުރަން އެމެރިކާއިން ތިންއަހަރު ތެރޭގައި 11 ބިލިއަން ޑޮލަރު ހޭދަކޮށްފި

އިސްރާއީލު ދިފާއުކުރަން އެމެރިކާއިން ތިންއަހަރު ތެރޭގައި 11 ބިލިއަން ޑޮލަރު ހޭދަކޮށްފި

1 ދުވަސް ކުރިން - 15:45

އީރާނަށް އަދިވެސް ހަމަލާ ދޭން ޖެހިދާނެ: ޓްރަމްޕް

އީރާނަށް އަދިވެސް ހަމަލާ ދޭން ޖެހިދާނެ: ޓްރަމްޕް

3 ދުވަސް ކުރިން - 10:21

އެމެރިކާއިން އިޚްލާޞްތެރިކަން ދައްކައިފިނަމަ އިތުރު ފުރުޞަތެއް ދޭން އީރާނުން ތައްޔާރު

އެމެރިކާއިން އިޚްލާޞްތެރިކަން ދައްކައިފިނަމަ އިތުރު ފުރުޞަތެއް ދޭން އީރާނުން ތައްޔާރު

3 ދުވަސް ކުރިން - 10:13

ޔުކްރޭނު ހަނގުރާމަ: ޞުލްޙައިގެ ވާހަކަތައް ފަށަން ޕޫޓިން އެއްބަސްވެއްޖެ

ޔުކްރޭނު ހަނގުރާމަ: ޞުލްޙައިގެ ވާހަކަތައް ފަށަން ޕޫޓިން އެއްބަސްވެއްޖެ

4 ދުވަސް ކުރިން - 10:52