ދައުލަތުން ދަތުރުފަތުރަށް ކުރި ހަރަދުގެ 22 ޕަަސެންޓް ކުޑަކޮށްފި

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 8 މޭ 2025 11:26
ރައީސް އޮފީސް އިމާރާތް / ފޮޓޯ: ޚުލާސާ
ރައީސް އޮފީސް އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ދައުލަތް ހިންގުމުގެ ހަރަދު 8.6 ޕަސެންޓް އަދި ދަތުރުފަތުރުގެ ހަރަދު 21.8 ޕަސެންޓް ވަނީ ދަށްވެފައި.

މި އަހަރުގެ މިހާތަނަށް ދައުލަތުން ދަތުރުފަތުރަށް ކުރި ހަރަދުގެ 22 ޕަަސެންޓް ކުޑަކޮށްފި އެވެ. 

މާލީ ވުޒާރާއިން އާންމުކުރި, މި މަހުގެ އެކެއްގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދު ހިމަނައި، ނިމިގެންދިޔަ ހަފްތާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓްގައިވާ ގޮތުގައި, ދައުލަތް ހިންގުމުގެ ހަރަދު 8.6 ޕަސެންޓް އަދި ދަތުރުފަތުރުގެ ހަރަދު 21.8 ޕަސެންޓް ދަށްވެ، ޖުމްލަ ރިކަރަންޓް ހަރަދު 3.3 ޕަސެންޓް ދަށްވެފައިވެ އެވެ.

ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް މި އަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާ އެކު، ދައުލަތުގެ ޖުމްލަ ހަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 ޕަސެންޓް ދަށްވެފަ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ހަރަދުގެ ތެރެއިން، މި މަހުގެ އެކެއްގެ ނިޔަލަށް ހިނގާފައި ވަނީ 24.3 ޕަސެންޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%