ޔަމަނުގެ އައު ބޮޑުވަޒީރަކަށް ސާލިމް ޞާލިޙް ބިން ބުރައިކް

ޖަވާދު | 167 ދުވަސް ކުރިން - 4 މޭ 2025 21:28
ޔަމަނުގެ އައު ބޮޑުވަޒީރު ސާލިމް ޞާލިޙް ބިން ބުރައިކް.
ޔަމަނުގެ އައު ބޮޑުވަޒީރު ސާލިމް ޞާލިޙް ބިން ބުރައިކް.
ޚުލާސާ

ބޮޑުވަޒީރު މުބާރަކް އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަޤާމާއި ޙަވާލުވި ސާލިމް ޞާލިޙް އަކީ ކުރީގެ މާލީ ވަޒީރު.

ޔަމަނުގެ ބޮޑުވަޒީރު އަޙްމަދު އަވާދު ބިން މުބާރަކް އިސްތިޢުފާ ދެއްވުމާއި ގުޅިގެން، އެ މަޤާމަށް ކުރީގެ މާލީ ވަޒީރު ސާލިމް ޞާލިޙް ބިން ބުރައިކް ޢައްޔަނުކޮށްފިއެވެ.

މުބާރަކް އިސްތިޢުފާ ދެއްވި ސަބަބުގެ ގޮތުގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މަސައްކަތްތަކުގައި ދިމާވާ ގިނަގުނަ ދަތިތަކާއި، ސަރުކާރަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވޭތީ ކަމަށެވެ. އެހެންނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުބާރަކްގެ އިސްތިޢުފާއާ ގުޅިފައިވަނީ ރިޔާސީ ކައުންސިލްގެ އިސްވެރިޔާ ރަޝާދް އަލް-އާލިމީއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމަކާއެވެ.

މުބާރަކް ބޮޑުވަޒީރުކަމާއި ޙަވާލުވެވަޑައިގެންނެވީ މިދިޔަ ފެބްރުވަރީ މަހުގައެވެ. އޭނާގެ އިސްތިޢުފާ ދެއްވާފައިވަނީ ޙޫޘީންނަށް އަމާޒުކޮށް އެމެރިކާއިން ޔަމަނަށް ދެމުންދާ ޙަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ހިނގަމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، 2014 ވަނަ އަހަރު ޙޫޘީން ވަނީ އެ ޤައުމުގެ ވެރިރަށް ޞަންޢާ އާއި ޤައުމުގެ ބޮޑު ބައެއް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%