Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ސްޓޫޑެންޓް ލޯނަށް 1388 ފަރާތަކުން އެދިފައިވޭ

ހުސައިން އިސްމާއިލް
536 ދުވަސް ކުރިން - 2 މެއި 2025 10:20
އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން.
އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން.
ޚުލާސާ

ލިބުނު އެޕްލިކޭޝަންތަކުގެ ތެރޭގައި އަލަށް ހުށަހެޅި 913 އެޕްލިކޭޝަނާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ޑްރޮޕް-އަޕްގެ ގޮތުގައި 259 އެޕްލިކޭޝަން ހިމެނޭ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހުޅުވާލި ލޯނު ފުރުސަތަށް 1388 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިދިޔަ މާރިޗު މަހު ހުޅުވާލި މި ފުރުސަތުގައި 500 ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭޕްރީލް 30 ގައި މުއްދަތު ހަމަވި އިރު ލިބުނު އެޕްލިކޭޝަންތަކުގެ ތެރޭގައި އަލަށް ހުށަހެޅި 913 އެޕްލިކޭޝަނާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ޑްރޮޕް-އަޕްގެ ގޮތުގައި 259 އެޕްލިކޭޝަން ހިމެނެއެވެ.

މަތީތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވި ގޮތުގައި، މި އަހަރުގެ ލޯނު ސްކީމްގެ ދެބައިކުޅަ އެއްބައި ޚާއްޞަކުރެވިފައިވަނީ ހައިލީ ޓެކްނިކަލް ދާއިރާތަކަށެވެ. އަދި މި ދާއިރާތަކަށް އެދޭ ފަރާތްތަކަށް އިތުރު 10 ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement 1

މި އަހަރުގެ ލޯނު ސްކީމްގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ޚާއްޞަ އިސްކަމެއް ދީފައިވާއިރު، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ އިތުރު ޚަރަދުތަކަށާއި ހިލޭ ޑިގްރީގައި ކިޔަވާ ދަރިވަރުންނަށްވެސް އިތުރު ޚަރަދުތަކަށް ފުރުޞަތު ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި އެއްގޮތަށް، މި ލޯނުތަކަކީ "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ނިންމާފައިވާތީ، އިންޓްރެސްޓާއި އެޑްމިނިސްޓްރޭޓިވް ފީއެއް ނުނެގޭނެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 805 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް 71 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

ސްޓޫޑެންޓް ލޯނު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

202 ދުވަސް ކުރިން - 18:40

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

230 ދުވަސް ކުރިން - 13:00

ސްޓޫޑެންޓް ލޯނަށް ބިލިއަނެއް ހަރަދު ކޮށްފި

ސްޓޫޑެންޓް ލޯނަށް ބިލިއަނެއް ހަރަދު ކޮށްފި

436 ދުވަސް ކުރިން - 16:03

ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް

ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް

455 ދުވަސް ކުރިން - 14:38

ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

570 ދުވަސް ކުރިން - 19:59