ސްޓޫޑެންޓް ލޯނަށް ބިލިއަނެއް ހަރަދު ކޮށްފި

އައިޝަތު ޝިފްނާ ހުސައިން | 15 ދުވަސް ކުރިން - 10 އޯގަސްޓް 2025 16:03
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ.--ފޮޓޯ: އެމްއެންޔޫ
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ.--ފޮޓޯ: އެމްއެންޔޫ
ޚުލާސާ

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަތީ ތައުލީމަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވޭ.

މި އަހަރުގެ މިހާތަނަށް 300 މިލިއަނަށް ވުރެ ގިނަ ފައިސާ ސްޓޫޑެންޓް ލޯނަށް ސަރުކާރުން ހޭދަ ކޮށްފައިވާަކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓު ހަތްވަނަ ދުވަހާ ހަމައަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 311،441،221.95 ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓްރީން ހާމަ ކޮށްފައިވެ އެވެ. މިއީ މި އަހަރު އެންމެ ގިނަ ފައިސާ ދޫކުރެވުނު ޕްރޮގްރާމެވެ. 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސްޓޫޑެންޓް ލޯނަށް އެއް ބިލިއަން ރުފިޔާއަށްވުރެ ގިނައިން ވަނީ ހަރަދުކޮށްފަ އެވެ.

282 ދަރިވަރަކަށް އަލަށް މި އަހަރު ސްޓޫޑެންޓް ލޯނު ދޫކުރެވިފައިވާއިރު، ލޯނު ނަގައިގެން ކިޔަވަމުންދިޔަ 382 ދަރިވަރަކު މިހާތަނަށް ވަނީ ދަސްވެނިވެފަ އެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމުގައި މި އަހަރު އަލަށް 1،391 ދަރިވަރަކު ބައިވެރިވެފައިވާއިރު، 2،226 ދަރިވަރަކު ވަނީ އެ ޕްރޮގްރާމު ފުރިހަމަކޮށްފަ އެވެ.

މި އަހަރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް މިހާތަނަށް 100،457،099 ރުފިޔާ ދޫކޮށްފައިވެ އެވެ. މިއީ ނިމިދިޔަ އަހަރާއެކު ޖުމްލަ 250،821،965 ރުފިޔާއަށް އަރާ އަދަދެކެވެ.

މީގެ އިތުރުން މި އަހަރުގެ ފަސްޓު ޑިގްރީގެ ސްކީމްގެ ދަށުން 100،457،099.11 ރުފިޔާ ސަރުކާރުން ހަރަދު ކޮށްފައިވާކަަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަތީ ތައުލީމަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%