Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެލް-ކްލެސިކޯގެ ފައިނަލް ބާސެލޯނާއިން ކާމިޔާބުކޮށްފި

އެލް-ކްލެސިކޯގެ ފައިނަލް ބާސެލޯނާއިން ކާމިޔާބުކޮށްފި

އައިޝަތު އީމާން
500 ދުވަސް ކުރިން - 27 އޭޕްރިލް 2025 04:02
ބާސެލޯނާ މޮޅުވި ގޯލު ކާމިޔާބުކުރި ކުންޑޭ ގޯލަށް ފަހު އުފާފާޅުކުރަނީ.
ބާސެލޯނާ މޮޅުވި ގޯލު ކާމިޔާބުކުރި ކުންޑޭ ގޯލަށް ފަހު އުފާފާޅުކުރަނީ.
ޚުލާސާ

ބާސެލޯނާއިން ކޮޕަ ޑެލް ރޭގެ ފައިނަލް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިން. މިއީ ބާސެލޯނާ މި މުބާރާތް ކާމިޔާބުކުރި 32 ވަނަ ފަހަރު.

ފުޓްބޯޅައިގައި ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ރިއަލް މެޑްރިޑް އަދި ބާސެލޯނާގެ ކުރިމަތިލުން (އެލް-ކްލެސިކޯ)، ބާސެލޯނާއިން ކާމިޔާބުކޮށް ކޮޕަ ޑެލް ރޭ ގެ ތަށި 32 ވަނަ ފަހަރަށް އުފުލާލައިފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއިންނެވެ. ބާސެލޯނާ މި މެޗު ކާމިޔާބުކުރީ، މެޗުގެ 90 މިނެޓު ހަމަވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެވަނަ ހާފުގައެވެ.

އެލް-ކްލެސިކޯގެ ފޯރި މި މެޗުގައި ފެނިގެން ދިޔައިރު ފުރަތަމަ ހާފުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ ބާސެލޯނާގެ މެދަށް ކުޅޭ ޕެޑްރީ އެވެ. ލަމިން ޔަމާލް ތަނަވަސްކޮށްދިން މި ފުރުސަތުގައި އޭނާ ގޯލުގެ މަތީ ކަނަށް ފޮނުވާލީ އޭރިޔާ ބޭރުން ވަރަށް ބާރަށެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި މެޑްރިޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އެމްބާޕޭ އެވެ. މެޑްރިޑަށް ލިބުނު ހިލޭ ޖެހުން އޭނާ ގޯލަށް ފޮނުވާލި ބޯޅަ ވަނީ ތިރީ ދަނޑީގައި ޖެހިފައެވެ. އޭގެ 7 މިނެޓު ފަހުން މެޑްރިޑަށް ލީޑު ނަގައިދިނީ ޓުޗަމެނީ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އަރްދާ ގުލަރ ނެގި ކޯނަރު ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ފަހަތުން އަރައި މެޑްރިޑުން މެޗުގެ ނަތީޖާ ބަދަލުކޮށްލި ނަމަވެސް 84 ވަނަ މިނެޓުގައި ލަމިން ޔަމާލްގެ ހިތްގައިމު ޕާހުގެ ބޭނުން ހިފައި ނަތީޖާ ހަމަހަމަކޮށްދިނީ ބާސެލޯނާގެ ފޯވާޑު ފެރަން ޓޮރޭސް އެވެ.

90 މިނެޓު ހަމަވިއިރު 2-2 އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެވަނަ ހާފުގައި ބާސެލޯނާއަށް 32 ވަނަ ފަހަރަށް ތަށި އުފުލާލުމުގެ އުފާ ހާސިލްކޮށްދިނީ އެޓީމުގެ ޑިފެންޑަރު ކުންޑޭ އެވެ. އޭނާ މި ގޯލު އޭރިޔާ ބޭރުން ކާމިޔާބުކުރީ މެޑްރިޑުން ހެދި ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

މެޗު ނިމެންދަނިކޮށް މެޗު ހޫނުވެ ރިއަލްގެ ޑިފެންޑަރު އެންޓޯނީ ރުޑިގާ އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

ބާސެލޯނާ ކޮޕަ ޑެލް ރޭ ރެކޯޑު އަދަދަކަށް އުފުލާފައިވާއިރު އެޓީމާއި އެންމެ ގާތުން ހޯދާފައިވަނީ އެތްލެޓިކް ބިލްބާއޯ އެވެ. އެ ކުލަބުން 24 ފަހަރު ތަށި ނަގާފައިވާއިރު މެޑްރިޑު މި ތަށި ނަގާފައިވަނީ 20 ފަހަރު އެވެ.

އެލް-ކްލެސިކޯގެ ކުރިމަތިލުމެއް ދެން ފެންނާނީ އަންނަ މަހު 11 ގައެވެ. ލަލީގާގައި މި ދެޓީމު ވާދަކުރާ މެޗު އޮންނާނީ ބާސެލޯނާގެ ދަނޑުގައެވެ.

ރިއަލް މެޑްރިޑްބާސެލޯނާއެލް-ކްލެސިކޯކޮޕަ ޑެލްރޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

9 ގަޑިއިރު ކުރިން - 09:36

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

9 ދުވަސް ކުރިން - 22:27

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

14 ދުވަސް ކުރިން - 13:17

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

44 ދުވަސް ކުރިން - 01:10

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

45 ދުވަސް ކުރިން - 19:01

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

45 ދުވަސް ކުރިން - 14:55