ސޫދާނުގައި ޤަތުލުޢާންމެއް! 480 މަރު!

ޖަވާދު | 218 ދުވަސް ކުރިން - 26 އޭޕްރިލް 2025 10:34
ސޫދާނުގައި މިހާރު ހަމަލާތައް ދެމުންދަނީ ވަކި ނަސްލުތަކަށް އަމާޒުކޮށް.
ސޫދާނުގައި މިހާރު ހަމަލާތައް ދެމުންދަނީ ވަކި ނަސްލުތަކަށް އަމާޒުކޮށް.
ޚުލާސާ

ޔުނިސެފްއިން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ސޫދާނުގައި 12 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޖިންސީ އަނިޔާގެ ނުރައްކަލުގެ ތެރޭގަ.

ހަމަނުޖެހުން ބޮޑުވެފައިވާ ސޫދާނުގެ އުތުރު ދާރްފޫރު ސަރަޙައްދުގައި ފާއިތުވި ދެ ހަފުތާގެ ތެރޭގައި 480 އަށް ވުރެ ގިނަ އާންމުން މަރާލައިފި ކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނެފިއެވެ.

އދ. އިން ކަށަވަރުކޮށްފައިވާ ގޮތުގައި ފާއިތުވި ދެހަފްތާތެރޭ 481 މީހުން މަރުވެފައިވާކަން ރިޕޯޓުކުރެވިފައިވެއެވެ. ނަމަވެސް ޙަޤީޤީ އަދަދު މިއަށްވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.

މިއީ ވަކި ނަސްލުތަކަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތައް ކަމަށް ފާހަގަކުރެވިފައިވެއެވެ. މަސްދަރުތައް ބުނާ ގޮތުގައި އެންމެ ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިމަހުގެ 11 އާއި 13 އާ ދެމެދު ރެފިއުޖީ ކޭމްޕެއްގައެވެ. މި ހާދިސާގައި މަދުވެގެން 210 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 9 މެޑިކަލް މުވައްޒަފުން ވެސް ހިމެނެއެވެ. ދެންތިބީ މުޅިންވެސް އާންމުންނެވެ.

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޖިންސީ އަނިޔާގެ ޢަމަލުތައް ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައެވެ. މި އަނިޔާވެރި ޢަމަލުތަކުގެ އަމާޒަކަށް ވަކިން ޚާއްޞަކޮށް ކޮށް ވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެތެރޭގައި ގްރޫޕް ރޭޕްގެ ޢަމަލުތައް ވެސް ހިމެނޭ ކަމަށް މަސްދަރުތަކުން ބުނެއެވެ. އދ. ގެ ޔުނިސެފްއިން ހާމަކޮށްފައިވާ ގޮތުގައި ސޫދާނުގައި 12 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޖިންސީ އަނިޔާގެ ނުރައްކަލުގެ ތެރޭގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%