Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްރާއީލް ބޮއިކޮޓްކުރާ ޖަމްއިއްޔާތަކަށް ފަންޑު ދިނުން އެމެރިކާއިން މަނާކޮށްފި

އިސްރާއީލް ބޮއިކޮޓްކުރާ ޖަމްއިއްޔާތަކަށް ފަންޑު ދިނުން އެމެރިކާއިން މަނާކޮށްފި

ޖަވާދު
448 ދުވަސް ކުރިން - 24 އޭޕްރިލް 2025 07:45
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޓްރަމްޕް: އެއްވެސް ބަޔަކު އިސްރާއީލާއި ވިޔަފާރީގެ ގުޅުން ކަނޑާލުމަކީ އެމެރިކާގެ ސަރުކާރަށް ލިބޭ ގެއްލުމެއް.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޓްރަމްޕް: އެއްވެސް ބަޔަކު އިސްރާއީލާއި ވިޔަފާރީގެ ގުޅުން ކަނޑާލުމަކީ އެމެރިކާގެ ސަރުކާރަށް ލިބޭ ގެއްލުމެއް.
ޚުލާސާ

އިސްރާއީލާއި ދެކޮޅު ޕްރޮގްރާމްތައް ކުރިއަރުވާ ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ އެހީ ހުއްޓާލައި، އެފަދަ ފަރާތްތަކަށް ދޫކޮށްފައިވާ ހުރިހާ ފައިސާއެއް އަނބުރާ ހޯދާނެ.

އިސްރާއީލް ބޮއިކޮޓްކުރާ ޖަމްއިއްޔާތަކަށް ފަންޑު ދިނުން އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އިން މަނާކޮށްފިއެވެ. މިއީ ފަލަސްތީނަށް ތާއީދުކުރާ ހަރަކާތްތަކާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ.

މިމަހުގެ 21 ވަނަ ދުވަހު ޝާއިޢުކުރި ނޯޓިސްއެއްގައި އެންއައިއެޗްއިން ބުނެފައިވަނީ އިސްރާއީލާއި ދެކޮޅު ޕްރޮގްރާމްތައް ކުރިއަރުވާ ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ އެހީތައް ހުއްޓާލައި، އެފަދަ ފަރާތްތަކަށް ދޫކޮށްފައިވާ ހުރިހާ ފައިސާއެއް އަނބުރާ ހޯދާނެ ކަމަށެވެ.

މި ނޯޓިސްގައި ބުނީ އިސްރާއީލުގެ ކުންފުނިތަކާއި ނުވަތަ އިސްރާއީލުގައި ނުވަތަ އިސްރާއީލާއެކު ވިޔަފާރިކުރާ ކުންފުނިތަކާއި ނުވަތަ އިސްރާއީލުގެ ޤާނޫނުތަކުގެ ދަށުން ހުއްދަ ދީފައިވާ ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި މުޢާމަލާތްކުރުން ހުއްޓާލުން ނުވަތަ، ވިޔަފާރީގެ ގުޅުންތައް ކަނޑާލުން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަފާރީގެ ގުޅުންތައް މަދުކޮށްފި ކަމުގައި ވާނަމަވެސް އެފަރާތްތަކަށް މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާ ކަމަށް އެމެރިކާއިން ބުންޏެވެ.

Advertisement

Advertisement 1

ޓްރަމްޕްގެ ސަރުކާރުން ވަނީ ފަލަސްތީނަށް ތާއީދުކުރާ އިހުތިޖާޖުތަކާ ދެކޮޅަށް އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ބޭރުގެ ދަރިވަރުން ދަޢުވާއެއް ނެތި ހައްޔަރުކުރުމާއި އެމެރިކާގެ ޔުނިވަރސިޓީތަކަށް ފަންޑު ދޫކުރުން ހުއްޓާލާނެކަމުގެ އިންޒާރު ދިނުން ހިމެނެއެވެ.

އެމެރިކާއިސްރާއީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

1 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

2 ދުވަސް ކުރިން - 01:08

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

2 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

4 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

5 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

6 ދުވަސް ކުރިން - 06:41