Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސާފް ޗެމްޕިއަންޝިޕް ޑިލޭކޮށްފައި، އެކުވެރިކަމުގެ މުބާރާތެއް ބާއްވަނީ

ސާފް ޗެމްޕިއަންޝިޕް ޑިލޭކޮށްފައި، އެކުވެރިކަމުގެ މުބާރާތެއް ބާއްވަނީ

އުސްތާޛް މުޙައްމަދު ޢަލީ
504 ދުވަސް ކުރިން - 23 އޭޕްރިލް 2025 09:59
ގައުމީ ޓީމުގެ ކުޅުންތެރިން ފަރިތަކުރުމުގައި: ޖޫންގައި ބާއްވަން އޮތް ސާފެ ޗެމްޕިއަންޝިޕް ޑިލޭ ވެއްޖެ.
ގައުމީ ޓީމުގެ ކުޅުންތެރިން ފަރިތަކުރުމުގައި: ޖޫންގައި ބާއްވަން އޮތް ސާފެ ޗެމްޕިއަންޝިޕް ޑިލޭ ވެއްޖެ.
ޚުލާސާ

މުބާރާތް ފަސްކުރީ މާކެޓިން ޕާޓްނަރު ބޭނުންވަނީ ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ބޭއްވުމަށް ކަމަށްވެފައި، ސާފްގެ ބަޖެޓް ތަންނުދޭތީވެ، މި އަހަރު އެގޮތަށް ބޭއްވެން ނެތުމުން.

ޖޫން މަހު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި އެވެ. އޭގެ ބަދަލުގައި އެ ދުވަސްވަރު ލަންކާގައި ބޭއްވުމަށް މިހާރު ރާވަމުންދަނީ އިންވިޓޭޝަނަލް މުބާރާތެކެވެ.

ސާފްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަލީ އުމަރު ވިދާޅުވި ގޮތުގައި މުބާރާތް ފަސްކުރީ މާކެޓިން ޕާޓްނަރު ބޭނުންވަނީ ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ބޭއްވުމަށް ކަމަށްވެފައި، މި އަހަރު އެގޮތަށް ބޭއްވެން ނެތުމުންނެވެ. ފުރަތަމަ މަސައްކަތްކުރީ މި އަހަރު ވެސް އެ އުސޫލުން މުބާރާތް ބޭއްވުމަށެވެ. ނަމަވެސް އެގޮތަށް ބާއްވާނަމަ މުބާރާތުގެ މުއްދަތު ދިގުލައި، ހަރަދުތައް ބޮޑުވާނެތީ ސެންޓްރަލައިޒްކޮށް ލަންކާގައި ބޭއްވުމަށް ނިންމި އެވެ.

ބަންގްލަދޭޝްގެ "ޑެއިލީ އޮބްޒާވާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މާކެޓިން ޕާޓްނަރު "ސްޕޯޓްސްފައިވް" އިން ބޭނުންވީ ސެންޓްރަލައިޒްކޮށް ކުޅޭނަމަ އިންޑިއާ ނުވަތަ ބަންގްލަދޭޝްގައި މުބާރާތް ބޭއްވުމަށެވެ. އެއީ ސްޕޮންސަރުން ހޯދުމަށް ފަސޭހަވާނެތީ ކަމަށް ބެލެވެ އެވެ.

Advertisement

Advertisement 1

މުބާރާތް ބާއްވާ ގައުމު ކަނޑައެޅުމުގައި އަބަދުވެސް ސާފްގެ މާކެޓިން ޕާޓްނަރުންގެ ނުފޫޒު އޮވެ އެވެ. މި ފަހަރު ވެސް ހޯމް އެންޑް އަވޭ އުސޫލުން ނޫން ގޮތަކަށް، އަދި އިންޑިއާ އާއި ބަންގްލަދޭޝް ނޫން ގައުމެއްގައި ބާއްވާތީ މާކެޓިން ޕާޓްނަރު ޖެހުމުން ސާފް އަށް މަޖުބޫރުވީ މުބާރާތް ފަސްކުރާށެވެ.

ސާފްގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވެފައިވަނީ މުބާރާތް ބާއްވާންވާނެ ތަނެއް ނިންމާނީ މާކެޓިން ޕާޓްނަރު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އަންނަ މަހު ނޭޕާލުގައި އޮންނަ ކޮންގްރެސްގައި ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ތިންމަސްދުވަހަށް ދިވެހި ޓީމުން ވަނީ ވަގުތީ ކޯޗެއް ހޯދުމަށް ވެސް އިޢުލާން ކޮށްފައެވެ. ނަމަވެސް މުބާރާތް ފަސްކުރުމުގެ ސަބަބުން މިކަމުގައި ދެން ޢަމަލުކުރާނެ ގޮތެއް އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ބުނެފައެއް ނެތެވެ.

ސާފްގެ ބަދަލުގައި އޭއެފްސީ އާއި ސާފް އަދި ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރަމުންދާއިރު، އެ މުބާރާތުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސާފްއެފްއޭއެމްގައުމީ ފުޓްބޯޅަ ޓީމުފުޓްބޯޅަދިވެހި ފުޓްބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

8 ދުވަސް ކުރިން - 12:09

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

29 ދުވަސް ކުރިން - 08:53

ޝީލްޑް ރެކޯޑް މާޒިޔާއަށް: ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

ޝީލްޑް ރެކޯޑް މާޒިޔާއަށް: ނިއު ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

39 ދުވަސް ކުރިން - 04:07

ސީޒަން ހުޅުވާ މެޗުގައި މާޒިޔާ އާއި ނިއު ، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

މާޒިޔާ އާއި ނިއު، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

41 ދުވަސް ކުރިން - 17:19

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

43 ދުވަސް ކުރިން - 10:11

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

58 ދުވަސް ކުރިން - 19:15