އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ރައީސް ކުރައްވާ ބުރަ މަސައްކަތްޕުޅަށް ޝުކުރު ޙައްޤު: ދިފާޢީ ވަޒީރު

އުސްތާޛް މުޙައްމަދު ޢަލީ | 44 ދުވަސް ކުރިން - 21 އޭޕްރިލް 2025 10:48
ރައީސް ޑރ. މުޢިއްޒު އާއި ދިފާޢީ ވަޒީރު ޣައްސާން: ރައީސްގެ މަސައްކަތްޕުޅާއެކު ރާއްޖޭގެ ދިފާޢީ ވުޒާރާ މިއަދު މިދަނީ ޒަމާނީ ވަމުން.
ރައީސް ޑރ. މުޢިއްޒު އާއި ދިފާޢީ ވަޒީރު ޣައްސާން: ރައީސްގެ މަސައްކަތްޕުޅާއެކު ރާއްޖޭގެ ދިފާޢީ ވުޒާރާ މިއަދު މިދަނީ ޒަމާނީ ވަމުން.
ޚުލާސާ

ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ރައީސްގެ އެދިވަޑައިގެންނެވުމަށް، ނޭޓޯގެ އެންމެ ބޮޑު އަސްކަރީ އެއް ބާރުން މިހާރު ވަނީ ރާއްޖެއަށް ހިލޭސާބަހަށް މަނަވަރެއްވެސް ދޭން ނިންމާފަ.

ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ޣައްސާންގެ ޕޯސްޓުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި، ސިފައިންގެ ލީޑަރޝިޕަށާއި، ދިވެހި ސިފައިންނަށާއި އަދި ސިފައިންގެ އާއިލާތަކަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ދިވެހި ސިފައިންގެ ނަމުގައި ޝުކުރު އަދާކުރައްވާފައިވެއެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ތަޢާރަފުކުރުން ހިމެނެއެވެ. މިކަމުގެ ސަބަބުން ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ލިބިގެން ގޮސްފައިވެއެވެ.

ރާއްޖޭގެ އަސަކަރިއްޔާ އަށް ޒަމާނީ ޑްރޯންއެއް ގެނެސް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން ވަނީ އިތުރުވެފައެވެ. މީގެ އިތުރަށް އަސްކަރިއްޔާއަށް ބޭނުންވާ އާމަންޑް ވެހިކަލްތަކާއި ކޯސްޓްގާޑުގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ މަނަވަރުތައް ހޯދުމުގައި ވެސް ރައީސް މުޢިއްޒު ގެންދަވަނީ ވަރަށް ބުރަ މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނުގެ ބުރަ މަސައްކަތުން ނޭޓޯގެ އެންމެ ބޮޑު އަސްކަރީ އެއް ބާރު ކަމަށްވާ ތުރުކީވިލާތުން މިހާރު ވަނީ ރާއްޖެއަށް ހިލޭސާބަހަށް މަނަވަރެއްވެސް ދޭން ނިންމާފައެވެ. ކރިޔަށް އޮތް ދެތިންމަސްތެރޭ އެ މަނަވަރު ރާއްޖެ އަންނާނެ ކަމަށް ތުރުކީވިލާތުން ވަނީ ދިވެހި ސިިަރުކާރަށް ޔަޤީންކަން ވެސް ދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%